އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ކޮފީކޭކް

viber_image_2020-05-10_21-32-56.jpg

ބޭނުންވާ ތަކެތި :

6 ބިހުގެ ލޮނދި

5 ބިހުގެ ގޮބޮޅި

1 ޖޯޑު ހަކުރު

1 ޖޯޑު ގޮދަން ފުށް

11/2 މޭޒުމަތީ ސަމުސާ  ބޭކިން ޕައުޑަރ

1 ސަމުސާ ކޮފީ އެސެންސް

4/1  ޖޯޑު ފުލް ކްރީމް މިލްކް

1 ޖޯޑު ވިޕިން ކްރީމް

1 ސައި ސަމުސާ ކޮފީ

ހަދާގޮތް :

ބިހުގެ ގޮބޮޅި، ހަކުރާއި، އެއްކޮއްލާށެވެ. ދެން ފަހަރަކު ބިހެއް އަޅަމުން ގެންދާށެވެ. ރަނގަޅަށް އެކުވުމުން އޭގެތެރެއަށް ކިރު ކޮޅާ ކޮފީ އެސެންސް އަޅާލާށެވެ. ފުށާ ބޭކިން ޕައުޑަރ އެއްކޮއްލާފައި ފުރާނާލާށެވެ. އަދި ގިރާފައި ހުރި ކްރީމް ކޮޅު ތެރެއަށް މަދު މަދުން އަޅަމުން ގެންދާށެވެ.

ބިހުގެ ހުދުބައި ، ފޮނަށް ވަންދެން މިކްސަރުން ގިރާލާށެވެ. އަދި ކުރިން ގިރާފައި ހުރި ކްރީމް ގަނޑާ އެއްކޮއްލާށެވެ.

އަވަން 200 ޑިގްރީގައި ބަހައްޓައިގެން 45 މިނިޓް ވަންދެން ފިހެލާށެވެ.

ކޮފީކޮޅު ކުޑަ ފެންފޮދެއްގައި ގިރާލާށެވެ. އަދި ވިޕިންގ ކްރީމް އާއި މިކްސް ކޮށްލުމަށްފަހު ވިޕް ވަންދެން އެއްކޮށްލާށެވެ. ވިޕް ވުމުން ކޭކު މެދުން ފަޅާލާފައި ކޭކުގެ މެދަށާއި މައްޗަށް ކްރީމް އަޅާލާށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top