ބ.އަތޮޅުގެ ރިސޯޓުތަކަށް ޚާއްސަކޮށްގެން ”ބިގް ގޭމް ފިޝިންގ 2020″ ބާއްވަނީ

BIg-game-fishing-final.jpg

ބ.ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ކޮމެޓީގެ ފަރާތުން ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ޚާއްސަކޮށްގެން “ބިގް ގޭމް ފިޝިންގ 2020” ގެ ނަމުގައި މަސްބޭނުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މުބާރާތް ބޭއްވުމަށް ނިންމައި ތާވަލުކޮށްފައިވަނީ އަންނަ މާރިޗު 21 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މާރިޗު 9 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 1000 ޑޮލަރުގެ ފައިސާގެ އިނާމު ކަޑައެޅިފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 500 ޑޮލަރު ދިނުމުގެ އިތުރުން އެންމެ ބަރު މަސް ބާނާ މީހަކަށް 100 ޑޮލަރު ދިނުމަށް ވވެސް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމަށް ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީން ބުނީ މިއީ އިޖްތިމާއީ ތަރައްގީއަށް ފައިސާ ހޯދުމަށާއި ރިސޯޓްތަކާއި ގޮއިދޫ އާއި ދެމެދު ރަހުމަތްތެރިކަމުގެ މާހައުލެއް ގާއިމުކުރުމުގެ ގޮތުންނާއި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top