ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލަން އަންގައިފި

DSCN9866.jpg

ހަލުވި ކަމާއެކު މިހާރު ފެތުރެމުން ދާ ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމުގެ ގޮތުން ރާއްޖޭގެ ސްކުލްތަކުގައި އިތުރު ހަރަކާތްތައް ހުއްޓާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކަން އަންގާފައިވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.

އެ ސާކިޔުލާގައި ބުނީ ކޮވިޑް 19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ދަރިވަރުން ބަލިތަކުން ރައްކާތެރި ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭގެ ފަންނީ ލަފަޔާއެކު ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

ހަމަ އެއާއެކު ހިމަބިހިވެސް ރާއްޖޭގައި ފެތުރެމުންދާއިރު ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށްވެސް މި ބަލި ޖެހިފައިވާތީ އިތުރު ހަރަކާތްތައް މެދުކަނޑާލި އަނެއް ސަބަބަކީ ހިމަބިހި ކޮންޓްރޯލު ކުރުންކަމަށް ސާކިޔުލާގައި ބުނެފައިވެ އެވެ.

އަދި ކޮވިޑް 19 ޓާސްކް ފޯހުގެ ލަފަޔާއެކު ސްކޫލު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެގޮތް ކުރިއަށް އޮތްތަނުގައި ސްކޫލުތަކަށް އަންގަމުން ދާނެ ކަމަށާ ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ސްކޫލުތަކަށް އަންގާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަމަލީ ދަތުރުތަކާއި ކުޅިވަރު މުބާރާތްތައް، ޕްރެކްޓިސްތައް، ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.

މީގެ އިތުރުން ސްކޫލު ފެއާތަކާއި އެކްޓިވިޓީ ކަލަންޑަރުގައި މާޗު މަހުން މެއި މަހުގެ ނިޔަލަށް ހިމަނާފައިވާ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް ވެސް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top