މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ހެޔޮކޮށްފި

big_WJXLrAQ0fSt49y9.jpg

ސަރުކާރުގެ މަސް ކުންފުނި މިފްއިން އުފައްދާ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ އަގު ހެޔޮކޮށްފިއެެވެ.

“މިފްކޯ މިވަރެއް ނެތް” ނަމުގައި ރޯދާ ގުޅިގެން މިއަދު ފެށި ޕްރޮމޯޝަން ގެ ދަށުން 48 ދަޅުގެ ތެޔޮމަސް ކޭހެއްގެ މިހާރުގެ އަގަކީ 640 ރުފިޔާ އެވެ. އަދި ފެން މަހުގެ 48 ދަޅުގެ ކޭސް 595 ރުފިޔާއަށް ވަނީ ތިރި ކޮށްފައެވެ.

މި ޕްރޮމޯޝަން އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ އިރު މިފްކޯގެ ކޮންމެ މަސްފިހާރައަކުން ކުރާ ވިޔަފާރިއަކުން ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިފްކޯގެ ކޮންމެ މަސްފިހާރައަކުވެސް އެ ފިހާރައަކަށް ވަކިން ލަކީޑްރޯ އެއް ބާއްވާނެ ކަމަށާއި ކޮންމެ ހަފްތާއަކު އެއްފަހަރު ނަސީބު ވެރިން ހޮވާގޮތަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ހުރިހާ ފިހާރައެއްގެ ކޫޕަންތައް އެއްކޮށް ގްރޭންޑް ޕްރައިޒްގެ އިނާމު ދިނުމަށް ނަސީބުވެރިއަކު ހޮވާނެ ކަމަށް ވެސްމިފްކޯ އިންބުނެ އެވެ.

މިފްކޯ އިން ބުނީ މަސްދަޅުގެ އިތުރުން ފަސްމީރުބްރޭންޑްގެ އެހެން އުފެއްދުންތަކުން ވިޔަފާރިކޮށްގެންވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ކޮންމެ ހަފްތާއަކު އިނާމު ލިބޭ ފަރާތްތައް ހޮވުމުގެ ގުރުއަތުލުން ކޮންމެ ބުރާސްފަތިދުވަހުގެ ރޭ މިފްކޯގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ ކަމަށާއިއަގަށް ގެނަވުނު ހެޔޮބަދަލާއިއެކު އަތޮޅުތަކަށް މަސްކޭސް ފޯރުކޮށްދިނުމަށް ޑިސްޓްރިބިޔުޝަން ދަތުރުތަކެއް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top