ކެބިންކްރޫ އަކަށް ވާން ބޭނުންހެއްޔެވެ؟
ކެބިން ކްރޫ ތަމްރީން ކުރުމަށް ސްކައިލޭން އޭވިއޭޝަން އެކަޑަމީން ދަރަވަންދޫގައި ކޯހެއް ހިންގުމަށް ނިންމައި މިހާރުވަނީ ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.
އެ އެކަޑަމީން ބުނީ އަންނަ މޭމަހުގެ 7 އިން 14 އަށް ދަރަވަންދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކެބިން ކްރޫ އިންޓްރޮޑަކްޓަރީ ލެވެލް ކޯހުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން ރަޖިސްޓަރީ ކުރަން ހުޅުވާލާފައިވާ ކަމަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7611612 އަށް ނަމާއި އައިޑީކާޑް، އީމެއިލް އެޑްރެސް އަދި ރަށުގެ ނަން އެސްއެމްއެސް ކުރުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ.
އެއް ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހުގެ ފީއަކީ 4500 ރުފިޔާއެވެ.
މި ކެބިން ކްރޫ އެންޓްރީ ލެވެލް ކޯހުގައި 7 މޮޑިއުލެއް ނަގައިދޭ އިރު، އަމަލީ ތަމްރީނު ވެސް ބައިވެރިންނަށް ލިބިގެން ދާނެ އެވެ.