މީޑިއާނެޓް، އޭދަފުށީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ބޭއްވި ޕްރޮމޯޝަންގެ ނަތީޖާ ފާޅުކޮށްފި

viber_image_2021-03-06_10-00-54.jpg

އޭދަފުށީގެ ކަސްޓަމަރުންނަށް ހުޅުވާލައިގެން މީޑިއާނެޓް އިން މިއަހަރު ޖެނުއަރީ މަހު ފެށި ޕްރޮމޯޝަންގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމު ހާއްސަކޮށްފައިވަނީ ވޯންޓް އިޓްއޯލް ކަސްޓަމަރުންނަށެވެ. ދެވަނަ އަދި ތިންވަނަ އިނާމު ޚާއްސަކޮށްފައިވަނީ ހުރިހާ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ. މީގެ އިތުރުން މަހު ފީ ދައްކައްކައިގެންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ރޭ މީޑިއާނެޓް، އޭދަފުށީ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އިނާމުތައް ހައްގުވެރި ފަރާތްތަކާ ހަވާލު ކުރެއްވީ އޭދަފުށީ ކޭބަލް ނެޓްވޯކްގެ އެމްޑީ، އަބްދުﷲ ނަސީރުއެވެ.

މި ޕްރޮމޯޝަންގެ 1ވަނައަށް ކަނޑައަޅާފައިވާ 3000 ރުފިޔާގެ ނަސީބުވެރިއަކީ މުހައްމަދު ސާލިމެވެ. ދެވަނަ އަށް ކަނޑައަލާފައިވާ 2000ރުފިޔާ ލިބުނީ ޔުސްރާ އަބްދުއްރަހީމަށެވެ. ތިންވަނަ އަށް ގޮސްގެން 1000ރުފިޔާ ލިބުނީ އަހްމަދު ޝަރީފަށެވެ.

އީވީއާ ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ މީޑިއާނެޓުން އަންނަ ރޯދަމަހާ ދިމާކޮށް މިހާރުވެސް އަގުބޮޑު އިނާމުތަކެއް ހުށަހެޅިފައިވާ ޕްރޮމޯޝަނެއް ކުރިއަށްދާ ކަމަށެވެ.

“މިޕްރޮމޯޝަންގެ 1ވަނަ އިނާމަކީ އައިފޯން 12 ޕްރޯއެއްގެ އިތުރުން މެކްބުކް ޕްރޯއެއް. 2ވަނަ އިނާމަކީ އައިޕެޑް ޕްރޯއެއް. ތިންވަނަ އިނާމަކީ 65 އިންޗީގެ ޓީސީއެލް ޓީވީއެއް” ނަސީރު ވިދާޅުވިއެވެ.

މިޕްރޮމޯޝަން ނިމޭނީ 14 އެޕްރީލް ގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top