ބ.އަތޮޅު ކޮވިޑް ސެންޓަރަށް ކޮވިޑް ޖެހުނު މީހަކު ގެނެސްފި

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހުންނަ ބ.އަތޮޅު ކޮވިޑް ފެސިލިޓީ އަށް ކޮވިޑް ޖެހިފައިވާ މީހަކު މިއަދު ގެނެސްފިއެެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މިއަދު 11 ޖަހަން ކައިރިވެފައި ހުއްޓާ ކޮވިޑް ޖެހިގެން ބިދޭސީއަކު މީހަކު އެފެސިލިޓީއަށް ގެނެސް ފަރުވާ ދެމުން ދާ ކަމަށެވެ.

އެމީހާއަކީ ރ.އަތޮޅުގައި ހަދަމުން ގެންދާ ރިސޯޓެއްގައި މަަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

އުމުރުން 38 އަހަރުގެ މި މީހާއަކީ ސްރީލަންކާގެ ރައްޔިތެއްކަން އީވީއަށް އެނގިފައިވެއެވެ.

އެމީހާގެ ހާލު ރަނގަޅު ކަމަށާއި މި ވަގުރު ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދަނީ އޭނާ އެކަންޏަށް ކަމަށެްވެސް ރަޝީދު ވިދާޅުވި އެވެ.

އެދަފުށީގައި ގާއިމް ކޮށްފައި ހުންނަ މި ފެސިލިޓީއަކީ ބ.އަތޮޅުގެ އިތުރުން ނ.އަތޮޅާއި ރ.އަތޮޅާއި ޅ.އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ޚާއްސަކޮށް ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ފެސިލިިޓީއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top