ކޮވިޑް ކޮންޓްރޯލް ވިޔަސް އަތޮޅުތެރޭގައި ކޭސްތައް އިތުރު

319167_3_ba49bc218f986491a3cb4c4a42765ef25be9da9c_large.jpg

މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި އަފްޒަލް ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގައި މިވަގުރތު ކޮވިޑކޮންޓްރޯލް ކުރެވިފައިވިޔަސް އަތޮޅުތެރޭގައި މިމަހު ކޭސްތައް އިތުރުވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

ގިނަދުވަސް ތަކަކަށްފަހު މިއަދު ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅު ކްލަސްޓާގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ މިވަގުތު ރާއްޖޭގެ 69 ރަށެއްގައި 1136 އެކްޓިވް ކޭސް އުޅޭ ކަމަށެވެ. އޭގެތެރެއިން 19 ރަށެއް އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ.

މައުރޫފް ވިދާޅުވީ މީހުންގެ ހަރަކާތްތައް ގިނަ ރަށްރަށުގައި ކޭސްތައް އިތުރުވާ ކަމަށެވެ. ކޮވިޑް ކޭސް ނެތް އެކަމަކު ހަރަކާތްތައް ގިނަ ރަށްރަށުގައި މިހާރު ވެސް ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.

މި ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑުގެ ކޭސްތައް މަދުވެފައި އޮތް ނަމަވެސް މިހާރަށްވުރެ ބޮޑަށް ކޭސްތައް ދަށްކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކޮވިޑް ކޮންޓްރޯލުކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ޓެސްޓު ސާމްޕަލް ނުދިނުމެވެ.

އެކަން އެގޮތަށް ނުކުރުމަށާއި ރެންޑަމް ސާމްޕްލިން ފަދަ ހަރަކާތްތައް ހިންގާއިރު އެކަމަށް ފުރިހަމައަށް އިޖާބަދެއްވުމަށް ޑރ. އެދިވަޑައިގެންނެވި އެވެ.

އަދި މާސްކް ނާޅާ ގިނަ ބަޔަކު އުޅޭ ކަމަށާއި ނަމަވެސް މާސްކް ނަގާ ހާލަތަށް އަދި ރާއްޖެ ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ސްކޫލް ކުދިންގެ ޗުއްޓީ ދުވަސްތަކަކަށް ވާތީ ރަށްރަށަށް ދާއިރު ހުރިހާ ރައްކާތެރި ފިޔަވަޅެއް އެޅުމަށް ވެސް ވަރަށް ބޮޑަށް ބާރުއެޅުއްވި އެވެ. ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލައިފައިވާ ކެޓެގަރީތަކުގެ މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ނުޖަހާ ނަމަ އަވަހަށް ޖެހުމަށް ވެސް އެޗްއީއޯސީން ވަނީ ވަރަށް ބޮޑަށް ބާރު އަޅާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top