ސްލިންގްޝޮޓުން ހަންޓޭ ސްޕޮންސަރ ކޮށްފި

big_WGKClzGQVykDV5BBgsgq8uGRg.jpg

ހަންޓޭ ،މިއަދު އޮޮތް ރަސްމިއްޔާތުގައި-ފޮޓޯ :އަވަސް ،އަހުމަދު އަޔާދު

ކައިޓްސާފިންގެ ގެ ރޮނގުން ރާއްޖޭގައި މަޝްހޫރުވެފައިވާ ބ.ގޮއިދޫއަށް އުފަން ޒުވާން ހަސަން މާހިރު (ހަންޓޭ) ދުނިޔޭގެ މަޝްހޫރު ކައިޓް ސާފިން ބޯޑް އުފައްދާ ކުންފުނި، ސްލިންގްޝޮޓް އިން ސްޕޮންސަރ ކޮށްފި އެވެ.

ސްލިންގްޝޮޓުން މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްތާރުގައި ސްލިންޝޮޓް ގެ ފަރާތުން ސޮއިކޮށްފައިވަނީ ސްލިންގްޝޮޓް މޯލްޑިވްސްގެ އޯނަރު އާސިމް މުހައްމަދު (ސިމްބެ) އެވެ.

މިސްލިންތްޝީތްފެ ފަރާތުން ހަންޓޭ އަށް ކައިޓްސާފިންގގެ ސާމާނު ތަކެއް ވެސް ވަނީ ހަދިޔާ ކޮށްފައެވެ. އެ ތަކެތި އޭނާއާ ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ސިމްބެ ވިދާޅުވީ، މިއީ ރާއްޖޭގައި ކައިޓް އެތުލީޓަކު ސްޕޮންސާ ކުރާ ފުރަތަމަ ފަހަރު ކަމަށާއި މި އެއްބަސްވުމުގެ ދަށުން ހަންޓޭ އަށް ބޭނުންވާ ސާމާނާއެކު ޓްރެއިނިންވެސް ދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ކައިޓް ސާފާއަކާއެކު ހަންޓޭއަށް އަހަރަކު އެއްފަހަރަކު ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށާ ރާއްޖެއިން ބޭރުން ޓްރެއިނަރުން ގެނެސްގެންވެސް ހަންޓޭއަށް ޓްރެއިނިން ދޭނެ ކަމަށެވެ.

ހަންޓޭ ބުނީ މިއީ އޭނާގެ ހަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެއްކަމަށާ ހަޔާތުގައި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިން ތަމްރީން ކުރުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރު އަޒްމީލް ވިދާޅުވީ ހަންޓޭ އަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ކައިޓް ސާފާއެއް ކަމަށެވެ.

ހަންޓޭ އެންމެ ފުރަތަމަ ވިދާލާފައިވަނީ 2017 ވަނަ އަހަރު ސްރީލަންކާގެ ކޮލްޕިޓިޔާގައި ބޭއްވި “ރެޑްބުލް ލޯކަލް ހީރޯ ޓުއާ – ކައިޓް ސާފިންގް” ގައެވެ. އޭނާ ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ މަޝްހޫރު ސާފަރުންނާއި ވާދަކޮށް އެމީހުން ހައިރާންކޮށްލުވާފައެވެ.

ސްލިންގްޝޮޓް ވަނީ ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅު ގުޑި އިވެންޓް “ރާޅު ގުޑި ދެކުނުން އުތުރަށް” ވެސް ސްޕޮންސާ ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top