މުޅި ރާއްޖޭގައި އިސްތިސްޤާނަމާދު ކުރަނީ

DSCN1353.jpg

އޭދަފުށި މަސްޖިދު މުޢީނުންދީން މިސްކިތް- އީވީ ފައިލް ފޮޓޯ

އަންނަ ހޯމަ ދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަ\ށެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްތިސްޤާ ނަމާދަކީ ވާރޭ ނުވެހި ގިނަ ދުވަސް ވުމުންނާއި އެކިއެކި މުސީބާތްތައް މެދުވެރިވުމުން ކުރާ ސުންނަތް ނަމާދެކެވެ. މި ނަމާދުގައި ޚުތުބާ ކިޔުމަށްފަހު ދުއާކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަންނަ ހޯމަ ދުވަހު ރާއްޖޭ ހުރިހާ ހިސާބެއްގައި އިސްތިސްޤާ ނަމާދު ކުރަން ނިންމެވީ، ރާއްޖޭގެ ބައެއް ހިސާބު ތަކަށް ވާރޭނުވެހި ގިނަ ދުވަސް ވެފައި ވާތީ ރައްޔިތުން ފެނަށް ޖެހެމުންދާތީ ކަމަށެވެ.

އިސްތިސްޤާ ނަމާދު ކުރަން ހަމަޖެހިފައިވަނީ، ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހުގައެވެ. މާލޭގައި މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި މި ނަމާދު ކުރަން ހަމަޖެހިފައިވަނީ، އެ ރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައެވެ.

ވާރޭ ނުވެހި ގިނަދުވަސް ވެފައިވާއިރު މިދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނު ގަދަ ދުވަސްވަރެކެވެ. އަދި ހޫނުގަދަ ވުމުގެ ސަބަބުން ގިނައިން ފެން ބުއިމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top