ބ. އަތޮޅު ހޮސްޕިޓަލް ކުޑަކުދިންގެ ޑޮކްޓަރަށް މިވީ ކިހިނެއްތޯ؟

13731484_664708673683111_1184884075187602442_n.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންތަކެއް ހަފްލާއެއްގައި. މިވަގުތު ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދްމަތް ވަނީ މެދުކެނޑިފައި / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

މިދިޔަ ހަފްތާގެ ކުރީކޮޅު އަޅުގަނޑުމެން އެންމެ ހައިރާންކުރުވަނިވި ހަބަރަކަށް ވެގެންދިޔައީ، މާޅޮހު ޑޮކްޓަރު ނުފެނިގެން ގެއްލިގެން އުޅޭކަމުގެ ވާހަކައެވެ.

އެހެންނަމަވެސް މިފަހަރު އެފަދަ ހަބަރެއް ނޫނެވެ. ބ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރުގެ ހިދްމަތް މެދުކެނޑިގެން އުޅޭ ހަބަރެވެ. ކުޑަކުދިންގެ ޑޮކްޓަރު ޑރ. ސަންދިޔާ ކޮބައިތޯއެވެ؟

ބ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު އީވީއަށް ވިދާޅުވީ “ކުޑަކުދިންގެ ޑޮކްޓަރގެ ހިދްމަތް މިވަގުތު މެދުކެނޑިފައިވަނީ އެހޮސްޕިޓަލްގައި މަސައްކަތް ކުރައްވަމުންގެންދަވާ ޑރ. ސަންދިޔާ އަހަރީ ޗުއްޓީއަށް ދުރުވެފައިވާތީ” ކަމަށެވެ. އަދި ހިދްމަތް މެދުކެނޑިފައިވާތާ، ދިހަވަރަކަށް ދުވަސް ވެފައިވާކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

އޮފިޝަލް ވިދާޅުވީ ޑޮކްޓަރ އެނުއަލް ލީވްގައި ދުރުވުމާ ގުޅިގެން އިތުރު ޑޮކްޓަރަކު ހޯދުމަށް މިނިސްޓްރީގައި ދެންނެވިކަމަށާ، އެކަމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. އޭނާ ވިދާޅުވީ ހިދްމަތް މެދުކެނޑިފައިވާތީ، އާންމުންގެ ޝަކުވާވެސް ލިބޭކަމަށާ، ލަސްނުވެ މައްސަލަ ހައްލުކުރެވޭތޯ ބަލަމުންދާކަމަށެވެ .

ބ. އަތޮޅު ހޮސްޕިޓަލްގެ ހާއްސަ ދާއިރާތަކުގެ ޑޮކްޓަރުން ޗުއްޓީ ނެގުމާގުޅިގެން ހޮސްޕިޓަލަށް މީގެ ކުރިންވެސް އާންމުން ފާޑުކިޔައެވެ. ނަމަވެސް މިފަދަ މައްސަލަތައް ތަކުރާރު ނުވާނޭގޮތަކަށް ހެދޭތޯ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top