ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

big_8rFeWEnWlS5yDNT7jASVZB1VX.jpg

މި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާއެކު އައި ފުރަތަމަ ފްލައިޓުން މީހުން ފައިބަނީ ---ފޮޓޯ : އާއިމް ޒަމީރު /އަވަސް

ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ ޓޫރިސްޓް ވިސާގައި އިއްޔެ ރާއްޖެ އައި އެމެރިކާގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ، ޕޮޒިޓިވްވި ޓޫރިސްޓުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށް ގެންދާ ކަމަށާއި އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އޭނާ އައިސޮލޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ފަހުން ރާއްޖެއައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވި މިއީ ފުރަތަމަ ފަހަރެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ 10 ދުވަހުގެ ތެރޭގައި 904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ބޯޑަރު ހުޅުވާލައި ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައި ވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު މަހުއެވެ. ނަމަވެސް އަލުން އެ ނިންމުން ރިވިއު ކުރުމަށް، އަންނަ މަހު ގެސްޓްހައުސްތައް ނުހުޅުވަން ވަނީ ނިންމައިފައެވެ.

ރާއްޖެއިން މިހާތަނަށް 3،302 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 2،528 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ފަރުވާ ހޯދަމުން އަންނަނީ 744 އެވެ. މިހާތަނަށް ރާއްޖެ އިން އެ ބަލީގައި މަރުވީ 15 މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top