ފިނޮޅު ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު ހަތަރަކަށް އަރައިފި.

our-island-gallery-hotel-resort-island-finolhu-baa-atoll-beach-club.jpg

ބ.އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓް

ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސީސައިޑް ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރަން އުޅުނު މީހުންގެ ތެރެއިން ބިދޭސީއަކު މީގެ ދެ ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު އިތުރު 3 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މިކަން ޔަގީން ކޮށްދެއްވާފައެވެ.

މަރާމާތަށް ބަންދު ކޮށްފައި އޮތް ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ އެތަނުގައި މަސައްކަތްކުރަން އުޅުނު މީހަކު މާލެ އައިސް އޭނާ ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

އެކަމާ ގުޅިގެން އެ ރަށަށް ގޮސް ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށާއި އޭގެތެރެއިން ރަށުން ޕޮޒިޓިވް އިތުރު ތިން މީހުން ފެނިފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ގެނައުން މެދުކަނޑާލުމުގެ ކުރިން، މިދިޔަ ފެބްރުއަރީ މަހުއްސުރެ ފިނޮޅު ވަނީ މަރާމާތަށް ބަންދު ކޮށްފައެވެ. އަދި ލޮކްޑައުން ވުމުގެ ސަބަބުން ދިމާވި ދަތިތަކެއްގައި މަރާމާތު ކުރުމުގެ މަސައްކަތްތައް މެދުކެނޑުމަށް ފަހު މިހާރު އަނެއްކާވެސް ދަނީ ކުރަމުންނެވެ.

މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން 4 މީހަކު ޕޮޒިޓިވް ވެފައި ވާއިރު 3 މީހުން ޕޮޒިޓިވްކަން އެނގިފައި ވަނީ މާލެ އައި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަތަރު މީހުންގެ ތެރެއިން، ފަހުން ޕޮޒިޓިވް ވި ތިން މީހުން ތިބޭނީ ފިނޮޅުގައި އައިސޮލޭޓް ކޮށްފައެވެ.

މި ނަތީޖާ އާއެކު މިހާހިސާބަށް ބ.އަތޮޅުން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 އަށް އެރީއެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3302 އަށް އަރާފައި ވާއިރު 2534 މީހަކު ބަލިން ރަނގަޅުވެ، 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދާ މީހުންގެ އަދަދުވެސް ވަނީ 738 އަށް އަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top