އަމިއްލަފުށި ބަލިކޮށް ސޮނެވާއިން ރިސޯޓް މުބާރާތު ފައިނަލުން ޖާގަހޯދައިފި

DSCN8669.jpg

މިހާރު އޭދަފުށީގައި ކުރިޔަށްދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސޮނެވާފުށީ ރިސޯޓް ދަތުރުކޮށްފިއެވެ.

ސޮނެވާ ފައިނަލަށް ދިޔައީ މުބާރާތުގެ ސެމީފައިނަލްގައި މިއަދު ހަވީރު ކުޅުނު މެޗުން ޗެންޕިއަން އަމިއްލަފުށި (ދަ ސްމޯލް މޯލްޑިވްސް އައިލެންޑް) 2-1ން ބަލިކޮށްގެންނެވެ.

މިމެޗްގައި ސޮނެވާފުށިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 14 ވަނަ މިނެޓްގައި އެޓީމްގެ ޖޯޒީ ނަމްބަރ 11 މުހައްމަދު މައުރޫފެވެ. ދެވަނަ ލަނޑަކީ އަމިއްލަފުށީ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަމިއްލަފުށީގެ ލަނޑު ފެނިގެން ދިޔައީ ފަހުހާފުގެ ކުރީކޮޅުއެވެ. އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ކެޕްޓަން ހުސެން ޝިފާހުއެވެ.

ފަހު ހާފުގެ ފަހުވަގުތު ކޮޅުގައި އަމިއްލަފުށިން ނަތީޖާ ބަދަލުކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސޮނެވާގެ ފުލްބެކް މުހައްމަދު ޝިމާން ވަނީ އަމިއްލަފުށީގެ ހަމަލާތައް ބޭކާރުކޮށްލާފައެވެ.

މިނަތީޖާއާއެކު ސޮނެވާފުށި ފައިނަލަށް ދަތުރުކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލްގައި ސޮނެވާއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ސެމީގެ ދެވަނަމެޗްގައި ޑުސިޓް އަދި މިލައިދޫ މެޗަށްފަހުއެވެ.

އިންޓަ ރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް އަންނަ އަހަރު އަޟްހާއީދުގައި އޭދަފުށީގައި ބާއްވާ ފްރެންޑްލީ ޔޫތުކަޕުން ޖާގަލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top