ރިސައިކަލް ކުރުމަށް މާޅޮހުން ޕްލާސްޓިކް ފުޅި ޝިޕްމަންޓެއް ރާއްޖެއިންބޭރަށް؟!

plastic.jpg

މާޅޮހުން ރީސައިކަލް ކުރުމަށް ޕާލޭއަށް ފޮނުވި 2 ޖަންބޯ ބޭގް ޕްލާސްޓިކް ފޮނުވުމަށް ތައްޔާރުވެފައި / ފޮޓޯ: މާޅޮހު ކައުންސިލް

ބ. މާޅޮހަށް އުކާލެވޭ ޕްލާސްޓިކް ފުޅިފަދަ ތަކެތީގެ ޝިޕްމަންޓެއް ރިސައިކަލް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މާޅޮހު ކައުންސިލުން ފަށައިފިއެވެ.

ކުނި މެނޭޖް ކުރުމުގައި މުޅިރާއްޖެއަށް ނަމޫނާ ދައްކަމުން އަންނަ ބ. މާޅޮހު ކައުންސިލުން ބުނީ ރީސައިކަލް ކުރުމަށްޓަކައި 2 ޖަންބޯބޭގްގެ ޕްލާސްޓިކް ފުޅި އާއި އެފަދަ ތަކެތި ސޮނެވާފުއްޓާ ގުޅިގެން މިހާރު މާލެފޮނުވާފައިވާ ކަމަށެވެ. މާޅޮހު ކައުންސިލްގެ ނާއިބުރައީސް އަހްމަދު މުޖްތަބާ ވިދާޅުވީ މާލެފޮނުވުނު ތަކެތި އެޑިޑާސް އާއި ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “ޕާލޭ ފޮ ދަ އޯޝަން” އާއި ހާވާލުކުރުމަށް އެޖްމައިއްޔާއާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

މުޖްތަބާ ވިދާޅުވީ މިތަކެތި ބޭނުންކޮޮށްގެން ޕާލޭއާއި، އެޑިޑާސްއިން ކުޅިވަރު ކުޅޭ ސާމާނު ހެދުމަށް ނިންމާފައިވާކަަމަށެވެ.

“ގޮނޑުދޮށަށް ލައްގާފައި ހުންނަ ޕްލާސްޓިކް ފުޅި ފަދަ ތަކެތި ޕާލޭއަށް ފޮނުވަން އެއްބަސްވެފައި އޮންނާނީ. އެގޮތުން މިފަހަރު މިފޮނުވީ ޖަންބޯބޭގް 2 ބޭގް. ސޮނެވާފުށީގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މިކަން ކުރިޔަށް މިދަނީ” މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ދެމަސްދުވަހުން އެއްފަހަރު އެރަށުގެ ގޮނޑުދޮށް ސާފުކޮށް އެއްކުރެވޭ ކުނި ކުރިޔަށް އޮތްތަނުގައި ގަވާއިދުން ޕާލޭއަށް ފޮނުވަން ނިންމާފައިވާކަމަށެވެ.

އެޑިޑާސް އިން މިދިޔަ އޮގަސްޓް މަހު ވަނީ ރާއްޖޭގެ ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް އުފެއްދި ބޫޓެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ވެސް އަރުވާފައެވެ. މިބޫޓް ހަދިޔާކުރި ބައްދަލުވުމުގައި “ޕާލޭ”ގެ ފައުންޑިން މެންބަރު ސިރިލް ގުޝްސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެޑިޑާސް ކުންފުންޏަށް ސަރުކާރުން ވަނީ ފޮނުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top