ސެމީގެ ފަހުޖާގަ މިލައިދޫއަށް

DSCN8659.jpg

އިންޓަރ ރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލްގެ ފަހުޖާގަ މިލައިދޫ ރިސޯޓް ހޯދައިފިއެވެ.

މިލައިދޫ ސެމީއަށް ދިޔައީ ގްރޫޕްއޭގެ ފަހުމެޗްގައި ފޯސީޒަން ލަނޑާގިރާވަރު 1-0ން ބަލިކޮށް ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިއަދު މެޗްގައި މިލައިދޫއަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު 36 ވަނަ މިނެޓްގައި ޖެހީ އެޓީމްގެ ޖޯޒީ ނަމްބަރ 21 ހަސަން ޔާސިރެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާއެވެ.

މިއަދުގެ މެޗުން މޮޅުވުމާއެކު ސެމީފައިނަލްގައި ބުރާސްފަތިދުވަހު މިލައިދޫ ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމްކަމުގައިވާ ޑުސިޓްތާނީ މޯލްޑިވްސްއާއެވެ. ސެމީފައިނަލް ފުރަތަމަ މެޗްގައި މާދަމާ ބައްދަލުކުރާނީ ގްރޫޕްއޭގެ އެއްވަނަ ސޮނެވާފުއްޓާ، ގްރޫޕްބީގެ ދެވަނަ ޓީމް ދަ ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިއްލަފުށީ) ޓީމެވެ.

މިއަހަރުގެ ރިސޯޓް މުބާރާތް ކާމިޔާބުކުރާ ޓީމަކަށް އޭދަފުށީގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ބޮޑުއީދު ފުޓްބޯޅަ މުބާރާތް ނުވަތަ ފްރެންޑްލީ ޔޫތް ކަޕްއިން އަންނަ އަހަރު ޖާގަދޭން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top