ބަޖެޓް 2018: ބ. އަތޮޅު ހޮސްޕިޓަލާ، ރަށުކައުންސިލް ބަޖެޓް ބޮޑުކޮށް، އަތޮޅު ކައުންސިލާ ތައުލީމީ މަރުކަޒު ބަޖެޓް ކުޑަކޮށްފި

13001064_549274931900273_838408774623228163_n-800x450-800x450.jpg

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިއިރު ބ. އަތޮޅު ހޮސްޕިޓަލާ، އޭދަފުށީ ކައުންސިލް ބަޖެޓް ބޮޑުކޮށް، އަތޮޅު ކައުންސިލާ، ތައުލީމީ މަރުކަޒު ބަޖެޓް މި ހިިނގާ 2017ވަނަ އަހަރަށްވުރެ ކުޑަކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެކަށީގެންވާ ކުރިއެރުމެއް ލިބުނު ބ. އަތޮޅު ހޮސްޕިޓަލް ބަޖެޓަށް މިލިޔަނެއްހާ ރުފިޔާގެ އިތުރުކޮށްފައިވެއެވެ. މިއަހަރުގެ ބަޖެޓްގައި އެހޮސްޕިޓަލަށް ކަނޑައަޅާފައިވަނީ 50 މިލިޔަން ރުފިޔާ އެވެ.  އަންނަ އަހަރު 51 މިލިޔަން ރުފިޔާ އެވެ.  އޭދަފުށީ ކައުންސިލްގެ މިއަހަރުގެ ބަޖެޓަކީ 3.6 މިލިޔަނެވެ. އަންނަ އަހަރަށް ލަފާކުރި ބަޖެޓަކަށް ބަޖެޓް ފޮތުގައިވަނީ 3.8 މިލިޔަން ރުފިޔާ އެވެ.

ބަޖެޓް ފޮތަށް ބަލާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބަޖެޓް އަންނަ އަހަރަށްވަނީ ކުޑަކޮށްފައެވެ. މިއަހަރު 19.1 މިލިޔަން ތައުލީމީ މަރުކަޒަށް ބަޖެޓް ކުރި ނަމަވެސް އަންނަ އަހަރުގެ ބަޖެޓް ލަފާކޮށްފައިވަނީ 18.6 މިލިޔަނެވެ. އަތޮޅު ކައުންސިލްގެ ބަޖެޓަށް މިއަހަރު 5 މިލިޔަން ކަނޑައެޅިނަމަވެސް އަންނަ އަހަރު އެކައުންސިލްގެ ބަޖެޓް ލަފާކުރަނީ 4.6 މިލިޔަން ރުފިޔާ އަށެވެ.

ބ. އަތޮޅުގެ ރަށްރަށަށް ބަލާއިރު އޭދަފުށީގެ އިތުރުން 7ރަށެއްގެ ކައުންސިލް ބަޖެޓްވެސް މިއަހަރަށްވުރެ އަންނަ އަހަރު ބޮޑުވާނެއެވެ. އެއީ ދަރަވަންދޫ، ކަމަދޫ، ކިހާދޫ، މާޅޮސް، ހިތާދޫ، އަދި ފުޅަދޫއާި ކެންދުއެވެ. ބަޖެޓް ކުޑަކުރި 5 ކައުންސިލަކީ، ކުޑަރިކިލު، ދޮންފަނު، ތުޅާދޫ، ގޮއިދޫ، އަދި ފެހެންދޫއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ބ. އަތޮޅުގައި އަލަށް 5 ޕްރޮޖެކްޓް ފެށުމަށް 17.8 މިލިޔަން ކަނޑައަޅާފައިވެއެވެ. އަދި އަތޮޅުގެ ރަށްރަށުގައި ކުރިޔަށްދާ ބޮޑެތި ހުރިހާ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށްވެސް ފައިސާ ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top