ދޮންފަނު އިންވިޓޭޝަން ކަޕްގައި ފަސްޓީމް

invitation-cup.jpg

އަންނަ މަހު ދޮންފަނުގައި ފަށާ ދޮންފަނު އިންވިޓޭޝަން ކަޕްގައި ބ.އަތޮޅުގެ ފަސް ރަށަކުން ބައިވެރި ވެއްޖެއެވެ.

23 އަހަރުން ދަށަށް ހުޅުވާލައިގން ބާއްވާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ޗެމްޕިއަން ކިހާދޫ ،ދޮންފަނު، ދަރަވަންދޫ ، އަދި އޭދަފުއްޓާއި ގޮއިދޫ އެވެ.

މުބާރާތް އިންތިޒާމުކުރާ ދޮންފަނު ޒުވާނުންގެ ރޫހުގެ ނައިބު ރައީސް އަޝްރަފް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް އިތުރު ހަތަރު ރަށަކުންވެސް ޝައުގުވެރިކަން ފާޅުކުރިކަމަށާ ނަމަވެސް ބައެއްސަބަބުތަކާ ހުރެ ފަހު ވަގުތު އެޓީމުތަކަށް ބައިވެރި ނުވެވުނީ ކަމަށެވެ.

“ވަރަށް ބޮޑަށް މަސައްކަތް ކުރި އިތުރު ރަށްރަށުންވެސް. ބޮޑަށް ލަފާ ކުރެވެނީ ވައި18 ފުޓްބޯޅަ މުބާރާތާ މިމުބާރާތް ދިމާވާތީ އެރަށްރަށުން ބައިވެރި ނުވެވުނީ ކަމަށް. ފަސް ޓީމަކީވެސް ވަރަށް ބޮޑު ކާމިޔާބެއް ދެވަނަ މުބާރާތާ އަލާބަލާފައި.”

އަޝްރަފް ވިދާޅުވީ މުބާރާތުގެ ފަސް ޓީމްގެ މެދުގައި ގުރުއަތުލުން ވަރަށް އަވަހަށް ބާއްވާނެކަމަށާއި މުބާރާތުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާކަމުގައެވެ.

ދޮންފަނު އިންވިޓޭޝަން ކަޕަކީ 2016ވަނަ އަހަރުން ފެށިގެން ބ.އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެކެވެ މިދިޔަ އަހަރު ހަތަރު ރަށަކުން ވާދަ މުރި މި މުބާރާތް ކާމިޔާބު ކުރީ ކިހާދޫއެވެ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 15ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top