އަރުނީތާގެ ސިފަ، ލަތާގެ އަޑު : ޖާވީދު އަޚްތަރު

Indian-Idol-12-Arunita-Kanjilal.jpg

ފޮޓޯ :އިންޑިއަން އެކްސްޕްރެސް

ސޮނީ ޓީވީއިން ހަފްތާ ބަންދުގައި ދައްކަމުން ގެންދާ އިންޑިއަލް އައިޑޮލް 12ގެ މިރޭ ދައްކާ ޝޯ ޚާއްސަ ކޮށްފައިވަނީ ހިންދީ ގިނަ ފިލްމު ތަކަކަށް ރީތި ލަވަތަކެއް ހަދައިދީފައިވާ މަޝްހޫރު ޝާއިރު، ޖާވީދު އަޚުތަރުގެ މޮޅު ލަވަތަކަށެވެ.

މި ޝޯ ގެ ބައިވެރިން ޖާވީދުގެ ލަވަތައް ހުށައަޅަމުން ދިޔައިރު ފެނިގެން ދިޔަ އެންމެ ޚާއްސަކަމަކަށް ފާހަގަ ކުރެވުގެން ދިޔައީ މި ފަހަރުގެ ޝޯ ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އަރުނީތާ ކާންޖީލާލް ގެ ލަވަތަކަށް އަޚްތަރު ކޮށްފައިވާ ކޮމެންޓަކަށެވެ.

އަޚްތަރު ބުނީ އަރުނީތާގެ ލަވަތައް އިވިފައި އޭނާގެ ހަނދާންތައް ގޮސް އޭގެ އަސްލު ލަވަތައް ކިޔާފައިވާ ލަވަކިއުންތެރިންނާ ހަމައަށް ފޯރުކޮށްދިން ކަމަށެވެ. ފިލްމު ވީރުޒާރާ އަށް އަރުނީތާ ހުށައަޅައިދިން ”ތޭރޭލިޔޭ” އަށް އިންސާފު ކުރަމުން ބުނެފައިވަނީ އަރުނީތާގެ ސިފައިން ފާޅުވަނީ ލަތާގެ އަޑު ކަމަށެވެ. އޭނާ ބުނީ ތިޔައީ އެފެންވަރުގެ ލަވަކިޔުންތެރިއެއް ކަމަށާއި ހަމަމިހާރު ވެސް ބޮލީވުޑްއަށް ފައްކާވެފައިހުރި މޮޅު ލަވަކިއުންތެރިއެއް ކަމަށެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ހަމަވަގުތުން އަނޫމާލިކްގެ މުޅިން އާ މިއުޒިކަކަށް ޖާވީދު ލަވައެއް ހެދުމަށް ފަހު ސްޓޭޖްގައި އެލަވަ އަރުނީތާ ކިޔަމުން ދިޔަ ތަނެވެ.

ޖާވީދު އަޚްތަރުގެ އިތުރުން ޝޯގެ ޖަޖުން ކަމުގައިވާ ސޯނޫ ކައްކާރާއި ހިމޭޝް ވެސް އަރުނީތާގެ ލަވައިގެ ޖާދޫގައި ތިބީ ވަރަށް ބޮޑަށް ޖެހިފައެވެ.

ޝޯގެ ގަދަ ފަހަކަށް ވާދަކުރާ މުހައްމަދު ދާނިޝް ކިޔާފައިވާ ”އާފްރީން އާފްރީން އާއި ސެއިލީ ކިޔާފައިވާ ”ޕިޔާރްހުވާ ޗުޕްކޭސޭ” އަށްވެސް އަށް ވެސް އަޚްތަރު ސާހަބް ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. ޖާވީދު ބުނީ މި ލަވަކިއުންތެރިންނާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ.

އަދިތުޔާ ނާރާޔަން ހޯސްޓް ކުރާ މި ޝޯގެ ޖަޖުންނަކީ ބޮލީބުޑްގެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމޭސް ރޭޝްމިޔާ އާއި ވިޝާލް ޑަޑްލާނީ އަދިި ނޭހާ ކައްކާރެވެ. ނަމަވެސް މުންބާއީގައި ކޮވިޑް ފެތުރުމާއެކު ވިޝާލްއާއި ނޭހާ ކައްކާރު ޝޯއިން ވަކިވުމުން މިހާރު އެ ދެމީހުންގެ ބަދަލުގައި ތިބި ޖަޖުންނަކީ މިއުޒިކް ޑިރެކްޓަރު އަދި ލަވަކިއުންތެރިޔާ އަނޫ މާލިމާއި ލަވަކިއުންތެރިޔާ ސޯނޫ ކައްކާރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top