ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުކަމަށް މުހައްމަދު ރަޝީދު

64682703_1760930874010550_1987603288542937088_n.jpg

މުހައްމަދު ރަޝީދު ، ބަލާމީހުންގެ ކަނާތުން ދެވަނައަށް ---ފޮޓޯ:ބ.އަތޮޅު ހޮސްޕިޓަލް އެފްބީ

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ކަމަށް އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި އޭދަފުށީ ސައްކެޔޮގެ މުހައްމަދު ރަޝީދު މިއަދު ރައީސް އޮފީހުން ހަމަޖައްސަވައިފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލް ހިންގުމުގެ އެންމެ އިސްވެރިއަކަށް މުހައްމަދު ރަޝީދު ހަމަޖައްސަވާފައި މިވަނީ އެ މަގާމު ހުސްވެފައި އޮންނަތާ ދުވަސްތަކެއްގެ ފަހުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅުގައި ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސަރވިސް ގެ މަގާމަށް އޭދަފުށި ވިލާޑިރޯޒް މުހައްމަދު ފާތިހު ހަމަޖެއްސެވި ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމާއެކު އެމަގާމުން އޭނާވަނީ ވަކިކުރައްވާފައެވެ.

މެނޭޖަރަކު ނެތި މީގެ ކުރިން ހޮސްޕިޓަލު ހިންގަވަމުން ގެންދެވީ ޑިރެކްޓަރ އަހުމަދު ވަހީދުއެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގަން ހަވާލު ކުރެއްވުމުން މިހާރު އޭނާ މަސައްކަތް ކުރައްވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

އިކޮނޮމިކްސް އާއި ސޯސިއޮލޮޖީގެ ދާއިރާއިން ޑިގްރީ ނަންގަވާފައިވާ މުހައްމަދު ރަޝީދު އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ފަށާފައިވަނީ 2012ވަނަ އަހަރުއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު