ފަހު ފުރުސަތަކަށް އޭދަފުށީ ކައުންސިލުން އިތުރު އެއްދުވަސް؟!

DSCN6437-800x488-800x488.jpg

އޭދަފުށީ މަގެއްގެ މަތީގައި ގަވާިއދާ ހިލާފަށް ގަސްއިންދާފައި އަދި ބައެއް ތަކެތި ބަހައްޓާފައި. މިތަކެތި އަންނަ ބުދަދުވަހު ކައުންސިލުން ނަގަންފަށާނެކަމަށްވޭ /ފައިލް ފޮޓޯ

އޭދަފުށީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް އިންދާފައިވާ ގަސްގަހާގެއްސާއި، ބަހައްޓާފައިވާ ތަކެތި ނެގުމަށް ދެފަހަރެއްގެ މަތީން އޭދަފުށީ ކައުންސިލުން ދިން މުހުލަތު މިއަދު ހަމަވުމާއެކު، އަނެއްކާވެސް މުއްދަތު އިތުރުކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން މިއަދު ކުރި އިޢްލާނެއްގައި ބުނެފައިވަނީ އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ މިފަދަ ތަކެތި އަދިވެސް ނުނަގާތީ 3 ވަނަ ފުރުސަތެއްގެ ގޮތުން 1 ދުވަސް އިތުރު ކޮށްދޭން ކައުންސިލުން ނިންމާފައިވާކަމަށެވެ. 2 ވަނަ ފުރުސަތުގެ މުއްދަތު މިއަދު ވަނީ ހަމަވެފައެވެ.

ކައުންސިލްގެ އިޢްލާންގައިވަނީ އިތުރަށް ދެވުނު 1 ދުވަސް މާދަމާގެ ނިޔަލަށް ހަމަވުމާއެކު 20 ސެޕްޓެމްބަރ 2017 ދުވަހުންފެށިގެން ގަވާއިދުން އެތަކެތި ކައުންސިލުން ނެގުމުގެ މަސައްކަތް ފަށާނެކަމަށެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގެ މަގުތަކުގައި އާންމުންގެ ބޭނުންތަކަށް ގަސްގަސް ހެއްދުމާއި، އަމިއްލަ ތަކެތި ބެހެއްޓުމަކީ ފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ. އެގޮތުން ޖޯލިފައްޗާއި، ވީލްބަރޯއާއި، ގެދޮރު އިމާރާތްކުރާ ސާމާނު ފަދަ ތަކެއްޗާއި، ކޮޕީ ފަތްގަހަކީ މަގުތަކުގައި އާންމުކޮށް ފެންނަން ހުންނަ ތަކެއްޗެވެ.

އޭދަފުށީ ކައުންސިލްއިން ގެޒެޓް ކޮށްފައިވާ އާންމުތަންތަނާ، މަގުމައްޗަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގައި ބުނެފައިވަނީ މިގޮތަށް ހުންނަތަކެތި ނެގުމަށް އެންގުމަށްފަހު 15 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެތަކެތި ކައުންސިލުން ނެގުމުގެ ބާރު ކައުންސިލަށް ލިބިދެއެވެ. އަދި ގަވާއިދާ ހިލާފު ވުމުގެ ސަބަބުން ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު، ދެން ތަކުރާރުވާ ކޮންމެ ފަހަރަކު 500ރ އާ، 5000ރ އާ ދެމެދުގެ އަދަދަކުން އެފަރާތް ޖުރުމަނާ ކުރެވޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top