ސޯނޫގެ ޚިޔާލު : ކޮވިޑް ނެތް އަތޮޅުތައް ޓޫރިޒަމަށް ހުޅުވާލަން ޖެހޭ.

DSC2777.jpg

ސޯނޫ.

ކޮވިޑް ނެތް އަތޮޅުތައް ޓޫރިސްޓުންނަށް އަލުން ހުޅުވާލަން ޖެހޭ ކަމަށް ރާއްޖޭގެ އެންމެ އަގުބޮޑު އެއްރިސޯޓު، ސޮނެވާފުށީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ރިސޯޓުތައް ބަނގުރޫޓު ވުމުން ސަލާމަތް ކުރުމަށް ކޮވިޑް-19ގެ އަސަރު ނެތް އަތޮޅުތައް ވީހާ ވެސް އަވަހަކަށް ޓޫރިސްޓުންނަށް ހުޅުވައިލަން ޖެހޭ ކަމަށާ އެކި ގައުމުތަކުގެ ބައެއް މަހުޖަނުން މިހާރު ވެސް ރާއްޖެއަށް އަންނަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މީގެ ކުރިން ވެސް ސޯނޫ ވަނީ ވިދާޅުވެފައެވެ.

ޓްރޭޑް މޯލްޑިވްސްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ސޯނޫ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ރިސޯޓުތައް ބަނގުރޫޓު ވިޔަ ނުދިނުމަށް އަތޮޅުތައް ހުޅުވައިލަން ޖެހޭ ކަމަށާ އެހެން އަތޮޅުތަކުގެ ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވުމުން، ކޮރޯނާވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ މާލެ ސަރަހައްދު ކޮމިއުނިޓީ ސްޕްރެޑުން ސަލަމާތް ކުރެވޭނެ ކަމަށެވެ. އަދި ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދިން ނަމަވެސް ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގެ 90 ޕަސެންޓު ހިއްސާ ކުރަނީ ޓޫރިޒަމް ކަން ފާހަގަކުރައްވައި ސޯނޫ ވިދާޅުވީ މިވަގުތު ރިސޯޓުތައް ބަނގުރޫޓު ނުވި ނަމަވެސް ގިނަ ދުވަހަށް ބޯޑަރު ބަންދުކޮށްފައި އޮންނަ ނަމަ ރިސޯޓުތަކުން ފައިސާ ހުސްވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ. މީގެ ސަބަބުން ލޯނުތައް ނުދެއްކި ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަންޖެހޭ ހާލަތަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ކޮވިޑް-19ގެ ވެކްސިނެއް ނުވަތަ ވައިރަސް އެއްކޮށް ނައްތަާލެވެންދެން ބޯޑަރު ބަންދުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އެއްކޮށް ނެތިގެންދާނެ އެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޓޫރިސްޓުން ގެނައުމަށް ގައުމުތަކާ މަޝްވަރާ ކުރުމަކީ މިވަގުތަށް އޮތް މުހިއްމު ކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވާކަމަށް އޭނާ ޚިޔާލު ފާޅު ކުރައްވާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top