ފެހެންދޫގައި އަލަށް ސިއްހީ މަރުކަޒެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

big_yF9sUu5IJOvuQ2YS3IR32Blkh.jpg

ފެހެންދޫގައި ސިއްހީ މަރުކަޒެއް އެޅުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ : ޕީއެސްއެމް

މިހާތަނަށް ރާއްޖޭގައި ސިއްހީ މަރުކަޒެއް ނެތް ފެހެންދޫގައި އަަލަށް ސިއްހީ މަރުކަޒެއް އެޅުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

މިއަދު ހެނދުނު ހެލްތް މިނިސްޓްރީގައި މިކަމަށް އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒު އެޅުމަށް ހަވާލު ކޮށްފައިވަނީ ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މިއެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ވަހީދެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 1.2 މިލިއަން ރުފިޔާއަށް 94 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަލަށް އިމާރާތް ކުރާ މި މަރުކަޒުގައި ބަލިމީހުން ބަލާ ކޮޓަރިއަކާ ބޭސް އަޅާ ކޮޓަރި އަކާއި ވިއްސާ ކޮޓަރިއެއްގެ އިތުރުން ދެ އެނދުގެ ވޯޑެއް ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ފެހެންދޫގައި ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނެތުމުގެ ސަބަބުން އެރަށުގެ މީހުންނަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށާ އެރަށުގައި އަލަށް އިމާރާތް ކުރާ ސިއްހީ މަރުކަޒާއެކު ސިއްހީ ގޮތުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

އާބާދީގައި 300 އަށްވުރެ މަދު މީހުންކޮޅެއް ދިރިއުޅޭ ފެހެންދޫގައި މިހާތަނަށް ސިއްހީ ސިއްހީ ހިދުމަތް ދެމުން އަންނަނީ ކުއްޔަށް ހިފާފައިވާ ގެތަކުގަ އެވެ. މި ގެތަކަކީ ސިއްހީ ހިދުމަތްދޭން ބޭނުންވާ ކަންކަން ފުރިހަމަވެފައިވާ ތަންތަނަށް ނުވުމުން ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުން އޮންނަނީ ވަރަށް ބޮޑު ދަތިކަމަކަށް ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top