ޝިފާނާ ގެނބެމުންދަނިކޮށް ސަލާމަތް ކޮށްފި!

124335337-852223478649009-2041343241036597771-n.jpg

އޭދަފުށި - ފޮޓޯ:ޝަރީފް / ވިޒިޓް އޭދަފުށި

ބ.އަތޮޅު ކައުންސިލްގައި ހިމެނޭ ހަމައެކަނި އަންހެން މެންބަރު ޝިފާނާ، މޫދަށް އެރިއުޅެނިކޮށް ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްފިއެވެ.

އިއްޔެ އިރުއޮއްސެން އުޅެނިކޮށް މިހާދިސާ ހިނގާފައިވަނީ ޝިފާނާ، އެހެން އެކުވެރިން ކޮޅަކާއެކު އޭދަފުށީ ދިރާގާ ދިމާލުން މޫދަށް އެރިއުޅެނި ކޮށެވެ.

މަންޒަރު ދުށްމީހަކު މައުލޫމާތު ދިންގޮތުގައި ޝިފާނާ ގެނބެނިކޮށް އެކަން ސަމާލުކަން އައީ އެސަރަހައްދުގައި ޕާކެއް ހެދުމުގެ މަސައްކަަތުގައި އުޅުނު ބަޔަކަށް މީހަކު ގެނބެނީއޭ ކިޔައި ގޮވުމުން ކަމަށެވެ.

”އެތަނުން އެކަކު މޫދަށް ފުންމާލާފައި ފަތާފައި ގޮސް ސަލާމަތްކުރީ. އެމީހުން ސަލާމަތް ކޮށްގެން އެއްގަމަށް ގެނެވުނުތާ ކުޑައިރު ކޮޅެއްގެ ތެރޭގައި އެމްބިއުލާންސް އައިސް އެމީހުން ގޮވައިގެން ދިޔައީ ”  އޭނާ އިތުރަށް ބުންޏެވެ.

މިހާދިސާގައި ޝިފާނާއަށް ވަރަށް ގިނައިން ލޮނު ބޮވުނު ނަމަވެސް، އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ މިހާރު ޝިފާނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބ. ދޮންފަނަށް ނިސްބަތްވާ ޝިފާނާ ދިރިއުޅެނީ އޭދަފުށީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top