ދޮންފަނު ކުނިކޮށި ގިރާލައި، މޫދަށް

IMG_20170111_110743.jpg

ދޮންފަނު ކުނިކޮށި ސަރަހައްދު ގިރާލާފައިވާ ތަން އެރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް އީވީގެ ޓީމަށް ދައްކާލަނީ. ކުނިކޮށީގެ ބޮޑުބައި އޮތީ މޫދުގައި / ފޮޓޯ: އީވީ ޕްރިންސް ނަވާ

ބ. ދޮންފަނުގައި ކުނި މެނޭޖްކުރުމަށް އަޅާފައިވާ ކުނިކޮށި ބޮޑުބައެއް ގިރާލުމާ ގުޅިގެން، ކުނި އެޅުމަށް ދަތިވާގޮތް ވެއްޖެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދޮންފަނު ކައުންސިލުން ބުނީ ކުނިކޮށި ގިރަމުންދާތާ، ހައެއްކަ އަހަރުވެއްޖެ ކަމަށާ، ކޮށީގެ ދެބައިކުޅަ އެއްބަޔާ ގާތަށް މިހާރުވަނީ މޫދުތެރޭގައި ކަމަށެވެ. އެރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް ވިދާޅުވީ މިމައްސަލައިގެ ސަބަބުން ކުނި މެނޭޖް ކުރުމަށް ވަރަށްބޮޑަށް ދަތިވެފައިވާކަމަށާ، ކުނި އަޅަމުންދަނީ ކުނިކޮށްޓާ ކައިރި ސަރަހައްދަކަށް ކަމަށެވެ.

“ގާތްގަޑަކަށް ކުނިކޮށީގެ ތިރީހަކަށްފޫޓް ވަރު އެހުރީ މޫދުގައި މިހާރު. އަޅުގަނޑުމެން އެންވަޔަރުމެންޓްގައި ދަންނަވަމުން މިދަނީ މިމައްސަލަ ކުރިމަތިވާން ފެށީއްސުރެވެސް. މިހާރު ކުނި މިއަޅަނީ ކުނިކޮށީގެ އެއްގަމުން އޮތް ސަރަހައްދަށް” ސާލިމް ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ މިމައްސަލަ ހައްލު ނުކޮށް ކުނި މެނޭޖްކޮށް ބެލެހެއްޓުމަށް ދަތިތަކާ ދިމާވާނެކަމަށާ، ޚާއްސަގޮތެއްގައި ރ. ވަންދޫއަށް ކުނި ބޭރުކުރަން ފެށޭއިރު މިކަމަށް ހައްލެއް ބޭނުންވާނެކަމަށެވެ.

550 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދޮންފަނުގައި މިހާރުހުރި ކުނިކޮށްޓަކީ، އޮސްޓްރޭލިއަން އަދި ކެނޭޑިއަން ރެޑް ކޮރޮސްގެ އެހީގައި މީގެ 10 އަހަރުކުރިން ގާއިމްކޮށްފައިވާ ކުނިކޮށްޓެކެވެ. އެކުނިކޮށީގައި ދަޅާއި، ފުޅި ފަދަތަކެތި އަދި ނައްތާލެވޭ ކުނި ވަކިކޮށް މެނޭޖްކުރެވޭގޮތަށް ބައިތަކެއް ހަދާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top