އޭދަފުށީގައި ގާރީކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

khf.jpg

ގާރީކޯސް ފުރިހަމަކުރި ބައިވެރިއަކަށް ޝަރަފްވެރި މެހްމާން އަބްދުއްރައްޒާގް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ / އީވީ ފޮޓޯ: ޝައިޚް މަޖީދު

ކިރީތި ގުރުއާނާބެހޭ މަރުކަޒުގެ އޭދަފުށީ ގޮފިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ ގާރީކޯސް ލެވެލް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ރޭ މަލްޓިޕާޕަސް ހޯލްގައި ބޭއްވި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔެއްކަމުގައިވާ ބ. އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގް މުހައްމަދެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އޭދަފުށީގައި ކުރިޔަށްގެންދިޔަ މިކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރީ 47 ބައިވެރިންނެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒު އޭދަފުށީ ގޮފީގެ ކޯޑިނޭޓަރ އައްޝައިޚް އަބްދުލްމަޖީދު މުހައްމަދު ވިދާޅުވީ އޭދަފުށީ ގޮފިން މިއަހަރު ގާރީކޯސް ލެވެލް 2 ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އެކޯހާއެކު އިތުރު ކޯސްތަކެއް ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލާ، ކީރިތި ގުރުއާނާބެހޭ މަރުކަޒު ގުޅިގެން އޭދަފުށީގައި ގުރުއާނާއިބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމްކުރީ މިދިޔަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top