ބ. ފުޅަދޫ ސްކޫލް އިސްކަންދަރާ ގުޅުވާލައިފި

14713628_1335003896530483_888537728244472756_n.jpg

ބ. ފުޅަދޫ ސްކޫލް / ފޮޓޯ: ފުޅަދޫ ފޭސްބުކް ޕޭޖް

ބ. ފުޅަދޫ ސްކޫލްގައި ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ކިޔަވައިދޭން ފެށުމަށް އިސްކަންދަރް ސްކޫލާ، އެސްކޫލާދެމެދު “ވާޗުއަލްކޮށް” ގުޅުވާލައިފި އެވެ.

މިގޮތަށް އިސްކަންދަރާއި، ފުޅަދޫ ސްކޫލް ގުޅުވާލީ ކުދި އާބާދީ ހިމެނޭ ސްކޫލްތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން މާލޭގައި އިފްތިތާހްކުރި “ވާޗުއަލް ކްލާސްރޫމް” މަޝްރޫއުގެ ދަށުންނެވެ. މިމަޝްރޫއުގެ ދަށުން ބ. އަތޮޅުން އިސްކަންދަރާ ގުޅުވާލީ ފުޅަދޫ އެކަންޏެވެ. އެހެންއަތޮޅުތަކުން ޖުމްލަ އަށްރަށެއް މިޕްރޮޤްރާމްގައި ބައިވެރިކުރިއެވެ.

އިސްކަންދަރް ސްކޫލާއެކު މި ނުވަ ސްކޫލްގެ ކިޔެވުން އަންނަ ހަފުތާގައި ފަށާނެ އެވެ.

މިއަދު އިފްތިތާހުކުރި މަޝްރޫއުގެދަށުން ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކިޔަވައިދިނުމަށް ނުވަ ސްކޫލްގައިވެސް ވަނީ ހުރިހާ ވަސީލަތެއް ގާއިމްކޮށްފައިކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެކަމަށް ހަރަދުކޮށްފައިވަނީ ވޯލްޑް ބޭންކް އިން ލިބުނު ލޯނު އެހީގެ ދަށުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ނުވަ ސްކޫލުގައި ވެސް އެކި ދުވަސްތަކަށް ބަހާލައިގެން ވީޑިއޯ ކޮންފަރެންސްކޮށް އެކި ގްރޭޑްތަކުގެ އެކި ގަޑިތައް އިސްކަންދަރް ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާއެކު އެ ސްކޫލްތަކުގައި ކިޔަވައިދޭނެ އެވެ. ހާއްސަކޮށް ޖީސީ ހަދާ ސްކޫލްތަކުގައި ޖީސީއަށް ކުދިން ތައްޔާރުކުރުމަށް ނަގާ ކްލާސްތައް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top