ގޮއިދޫގައި ފެނާ ނަރުދަމާ އަޅަން ފެން ކުންފުންޏާ ހަވާލު ކޮށްފި

big_5PzU28Ol0SMpWbIwBEEp06KEL.jpg

ގޮއިދޫގައި ފެނާއި ނަރުދަމާ އެޅުން ހަވާލު ކުރުމުގެ ރަސްމިއްޔާތު --ފޮޓޯ :އަވަސް /އަމަދު އަޔާދު

ބ.ގޮއިދޫގައި ފެނާއި ނަރުދާ އެޅުމުގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކުންފުނި (ފެން ކުންފުނި ) އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގޮއިދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެން ކުންފުންނާއި ހަވާލު ކޮށްފައިވަނީ 46 މިލިޔަން ރުފިޔާ އަށެވެ. މި ރަސްމިއްޔާތުގައި އިތުރު ތިން ރަށެއްގައިވެސް މި މަސައްކަތް ކުރުމަށް ފެން ކުންފުންޏާއި ވަނީ ހަވާލު ކޮށްފަ އެވެ. މި ހަތަރު ރަށުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫއު ހަވާލު ކުރުމުގެ އެއްވަސްވުމުގައި ފެން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީިގެ ފަރާތުން ސޮއި ކުރީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރި މި މަޝްރޫއުތަކުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި އާރްއޯ ޕްލާންޓް، ސްޓޯރޭޖް ވޯޓާ ޓޭންކު ބެހެއްޓުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ދީފައިވާ މުއްދަތުގެ ތެރޭ މަސައްކަތް ނިންމައި އެ ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top