މައްކާގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމަށް މުސްތޮފާ ފުރައިފި

EDjDDzDXsAAq2Tp.jpg

މުސްތަފާ މަންމައާއެކު(ވާތްފަރާތުގައި ) އިސްލާމިކް މިނިސްޓަރު އަރިހުގައި--ފޮޓޯ :އިސްލާމިކް މިނިސްޓްރީ --

މައްކާގައި މިމަހުގެ ހަތަކުން 11 އަށް މައްކާގައި ބާއްވާ 41 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ރާއްޖޭ ތަމްސީލު ކުރާ ދެބައިވެރިންގެ ތެރޭގައި އޭދަފުށި ޖަންބުމާގޭ މުހައްމަދު މުސްތަފާ ހޮވުމާއެކު މުބާރާތުގައި ބައިވެރިވުމަށް މައްކާއަށް ދިއުމަށް ފުރައިފިއެވެ.

މައްކާއަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރުވަނި މުސްތަފާ އާ ބައްދަލު ކޮށް މަރުހަބާ ކިޔާފައެވެ. އިސްލާމިކް މިނިސްޓްރީގައި އޮތް މި ބައްދަލު ވުމުގައި މުސްތޮފާ އާއެކު އޭނާގެ މަންމަވެސް ބައިވެރިވިއެވެ.

މުސްތަފާވަނީ އުމުރުން 11 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ހޯދާފައެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފައެވެ. އޭގެތެރޭގައި މިދިޔަ ރޯދަމަހު ކުރީކޮޅު ޑުބާއީގައި ބޭއްވި މުބާރާތާއި މިދިޔަ އަހަރު މިސްރުގައި ބޭއްވި މުބާރާތް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވާ ދެ ބައިވެރިން ވެސް މިހާރު ސައުދީއަށް ފުރާފައިވާ ކަމަށެވެ. އެކުދިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ކިންގް އަބްދުލްއަަޒީޒް އިންޓަރނޭޝަނަލް ހޮލީ ޤުރުއާން ކޮމްޕެޓިޝަން ފޮ މެމޮރައިޒޭޝަން، ރެސިޓަލް އެންޑް އެކްސްޕްލެނޭޝަން މުބާރާތަކީ ސައުދީގެ ރިލިޖެސް އެފެއާސް އަދި ދައުވާ މިނިސްޓްރީން ކޮންމެ އަހަރަކު އިސްލާމީ ގައުމުތަކަށާއި މަދުން މުސްލިމުން އުޅޭ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top