ދެކުނުފަރާތު ޕާކް ހުޅުވަން ތައްޔާރުވެއްޖެ

DSCN9881.jpg

އޭދަފުށީ ދެކުނު ފަރާތުގައި އަމިއްލަ ފަރާތަކުން ތަރައްގީ ކުރަމުން އަންނަ ޕާކް އަންނަ ހުކުރު ދުވަހު ނުރަސްމީކޮށް ހުޅުވަން ހަމަޖެހިއްޖެއެވެ.

މި ޕާކް ތަރައްގީ ކުރުމަށް އިސްވެއުޅުއްވާ އޭދަފުށީ ފެންއާރު އަހްމަދު ޝަފީއު ވިދާޅުވީ ޕާކްގެ މަސައްކަތުގެ 99އިން ސައްތަ މިހާރު އެހެރީ ނިމިފައި ކަމުގައެވެ.

” ޕާކް މިހާރު އެހެރީ ގާތްގަނޑަކަށް ނިމިފައި. ހުކުރު ދުވަހު ހުޅުވަން މި ނިންމީ  ބައިވަރު ކުޑަކުދިންގެ އެދުމާއެކު. އެއީ ސްކޫލް ބަންދުވެ އެކި ކުދިން އެކި ތަންތަނަށް ފުރައިގެން ދިއުމުގެ ކުރިން ޕާކް ހުޅުވައި އެތަނުގައި ކުޅެލަން ބޭނުން ވާތީ. ” ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ޕާކް ރަސްމީ ކޮށް ހުޅުވުން ތަންކޮޅެއް ފަހުގެ ތާރީޚެއްގައި ކުލަގަދަކޮށް ފާހަގަ ކުރާނޭ ކަމުގައެވެ.

8000 އަކަފޫޓްގެ ބިމުގައި ތަރައްގީ ކުރި މި ޕާކުގައި ބޮޑެތި މީހުން ކަސްރަތުކުރާ އޭރިޔާއެއްގެ އިތުރުން ޖޮކިންގ ޓްރެކެއް ވެސްހަދާފައި ވެއެވެ.

މި ޕާކް ތަރައްގީ ކޮށްފައިވަނީ މާލޭގައި ހުންނަ ޕާކްތައްވެސް ހުންނަ ފެންވަރަށް ކުޑަކުދިން މުނި ފޫހި ފިލުވާ މަޖާކޮށް ކުޅުލެލުމަށް ބޭނުންވާ އެންމެ ޒަމާނީ އިކްވިޕްމަންޓްތަކާ ބޮޑެތި މީހުން ކަސްރަތު ކުރުމަށް ބޭނުންކުރާ މެޝިންތަކާވެސް އެކުގައެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top