ދަރަވަންދޫ އެއާޕޯޓް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވުމަކީ ކަނޑުން ގޯތިދިނުން ފަދަ ކަމެއް: ޑރ.ޚަލީލް

big_suQX5TzdFKLq6Uk-1-850x548-1.jpeg

ބ.ދަރަވަންދޫ އެއާޕޯޓް ބޮޑުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ.ޚަލީލު ފާޑުވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ބ.ދަރަވަންދުއަށް ވަޑައިގެންމިދިޔަ އަންގާރަ ދުވަހުގެ ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ ދަރަވަންދޫ އެއާޕޯޓް ބޮޑުކޮށްދެއްވައި އެރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ވައުދުވެ ވަޑައިގެން ފައެވެ.

ރައީސް ގެ މި ވައުދަށް ފާޑުވިދާޅުވަމުން ޑރ.ޚަލީލު ކުރެއްވި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަރަވަންދޫ އެއާޕޯޓް ”ބޮޑު“ ކުރާ ވާހަކައިގެ ތަފްސީލު ރައީސް ދެއްވާނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަވައިފައެވެ.

ޚަލީލް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓް އޮތް ސަރަހައްދުގެ އުރަފަށުން ފުއްޓަރަށް ހުންނަނީ 1.57 ކިލޯ މީޓަރ ކަމަށާއި ރަންވޭ ދިގުކުރެވެން އޮތީ ކަނޑު ހިއްކައިގެން ކަމަށެވެ.

”އެ ވިދާޅުވީ ރަންވޭ ބޮޑުކުރުމުގެ ވާހަކަފުޅުތޯ؟ ޓާމިނަލް ބޮޑުކުރުމުގެ ވާހަކަފުޅުތޯ؟ ރަންވޭ ފުޅާކުރުމުގެ ވާހަކަފުޅުތޯ؟ ޕާކިން ޖާގަ ބޮޑުކުރުންތޯ؟“ޑރ. ޚަލީލު ވިދާޅުވެފައި ވެއެވެ.

”ރައީސްގެ މި ވާހަކަފުޅަކީ ކަނޑުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުން ފަދަ ކަމެއް.“ ޚަލީލް ވިދާޅުވިއެވެ.

ޑރ.ޚަލީލް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމުގެ މަކަރުވެރި ގޮތްތައް ރައީސެއްގެ ކިބައިން ފެންނަނަމަ ވެރިކަމުން ދުރުކުރުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top