”އަވާނީ ފަރެސް“ ގެ ނަމުގައި ބ.އަތޮޅުގައި އާ ރިސޯޓެއް ހުޅުވަނީ

b_3JDsACs4LpOQHS5T6tS9PhU81.jpg

ބ،ފަރެސް

ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ތައިލެންޑްގެ މައިނާ ގްރޫޕްގެ ފަރާތުން ބ. ފަރެހުގައި ތަރައްގީ ކުރާ ރިސޯޓް ”އަވާނީ ފަރެސް މޯލްޑިވްސް ” މިއަހަރު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދުނިޔޭގެ 15 ގައުމުގައި މައިނާ ގްރޫޕްގެ ފަރާތުން ރިސޯޓުތައް ހިންގަމުން ދާއިރު ފަރެހުގައި ތަރައްގީ ކުރާ އަވާނީ ފަރެސް ރިސޯޓަކީ އަވާނީ ބްރޭންޑްގެ ފުރަތަމަ ރިސޯޓެވެ.

200 އެނދުގެ މި ރިސޯޓް މިއަހަރުގެ ފަހު ކްއާޓަރުގައި ހުޅުވުމަށް އަމާޒު ހިފާފައިވާ އިރު މާލެއިން ފުރައިގެން ސްޕީޑް ބޯޓްގައި 1:30 މިނިޓުން ދެވޭހިސާބު ދުރުމިނުގައި އޮންނަ މި ރިސޯޓުން ބޮޑެތި ސްވިމިންގ ޕޫލާއި ޕޫލް ބާގެ އިތުރުން ތަފާތު ކެއުން ލިބޭ ޚާއްސަ ރެސްޓޯރެންޓާއި އަވާނީ ސްޕާގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ”މައިނާ” އިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top