މި އަހަރުގެ ކެމްބްރިޖް އޯލެވެލް އައިޖީސީއެސްއީ އެޕްލިކޭޝަން ދޫކުރަން ފަށައިފި

20160402_163015.jpg

މި އަހަރުގެ މެއި، ޖޫން ގައި ބާއްވަން ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައިޖީސީއެސްއީ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ މި އަހަރުގެ މޭ، ޖޫން ގައި ބާއްވަން ނިންމާފައިވާ ކެމްބްރިޖް އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި، ފައިސާބަލައިގަތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އެޕްލިކޭޝަން ދޫކުރުމާއި, ފައިސާބަލައިގަތުމުގެ ކަންކަން ކުރިއަށްދާނީ އެ ޑިޕާޓްމަންޓުގެ ކައުންޓަރުންކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ. އަދި އެޕްލިކޭޝަން ފޯމާއި، ފީ ޝީޓު އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެ ކަމަށް ޑީޕީއީ އިން ބުނެއެވެ.

ފޯމު ދޫކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން 13:45 އަށް ކަމަށާއި، ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top