ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު ޕެޓިޝަނެއް!

raffles-welcome-staff-800x416-800x416-1.jpg

ކޮވިޑް-19 އާ ގުޅިގެން، ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ ގަވައިދާއި އުސޫލުތަކުގެ ސަބަބުން ރިސޯޓް މުވައްޒަފުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ބަޔާންކޮށް ބަޔާންކޮށް، ސަރުކާރަށް ސަރުކާރަށް ޕެޓިޝަނެއް ހުށައަޅަން ތައްޔާރު ވެއްޖެއެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އިން ބުނީ މި ޕެޓިޝަން ހަދަނީ ރިސޯޓް މުވައްޒަފުންނަށް އަމާޒުކޮށް ކޮވިޑް-19 އާއި ގުޅުވައިގެން އެޗްޕީއޭގެ ފަރާތުން ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގެ ސަބަބުން އަނބި ދަރިން ގާތަށް ދިޔުމަށް ދިމާވެފައިވާ ހުރަސްތަކަށް ހައްލު ހޯދުމުގެ އިތުރުން ސަންސެޓް ގާނޫނަށް ގިނަ ރިސޯޓްތަކުގެ މެނޭޖްމެންޓުން އަމަލު ނުކުރާތީވެ އެކަމަށް ހައްލެއް ހޯދަން ކަމަށެވެ.

ރާއްޖޭގެ އިކޮނޮމީގެ 70 ޕަސެންޓް ސީދާ ގޮތުން ކޮންޓްރޯލް ކުރާ ސިނާއަތް ކަމަށްވާ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މި ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށެވެ. މި ޕެޓިޝަނަށް ގާތްގަނޑަކަށް 500 ސޮއި ހޯދަން މަސައްކަތް ކުރާއިރު މިހާރުވެސް ޕެޓިޝަންގައި 400 އެއްހާ މީހުން ސޮއިކޮށްފައިވާ ކަމަށް ރިސޯޓު މޯލްޑިވްސް އިން ބުނެއެެވެ.

ޕެޓިޝަނުގެ ސޮއިކުރި ބައެއް ފަރާތްތަކުން ބުނީ ޕެޓިޝަނުގައި ސޮއިކުރީ ރިސޯޓު މުވައްޒަފުންގެ ހައްގު ހޯދައިދީ އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ހައްގުން މަހުރޫމް ކުރާތީ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވައި އިގްތިސޯދު ހިންގަން ފެށުމާއެކު އެންމެ ބުރަކޮށް މަސައްކަތް ކުރީ ރިސޯޓު މުވައްޒަފުންނެވެ. އެގޮތުން މުވައްޒަފުން ވަނީ މިބަލީގެ އެންމެ ނުރައްކާތެރި ދުވަސްތަކުގައި ވެސް ޓޫރިސްޓުންނަށް ގާތުން ހިދުމަތް ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top