ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ

14606248_1551989304827614_6441082071874049782_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާގޮތަށް އެސްކޫލުން ހަމަޖައްސައިފިއެވެ.

ސްކޫލުން ބުނީ މި ޖަލްސާގައި ވޭތުވެދިޔަ އަހަރު އޯލެވެލް އިން އެންމެ ރަނގަޅު ނަތީޖާހޯދި ދަރިވަރުންނާ މިއަހަރުގެ އެންމެ ރަނގަޅު އޭލެވެލް ދަރިވަރުގެ އިތުރުން ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ގައުމީ އެވޯޑް ހޯދި ކުދިންނަށާއި ގްރޭޑް 8ން މަތީގެ ކްލާސްތަކުން ފާހަގަކުރެވޭ ވަނަތަކަށް ހޮވުނު ކުދިންނަށް އިނާމު ދިނުން ހިމެނޭ ކަމުގައެވެ.އެވެ.

ތައުލީމީ މަރުކަޒުން އާއްމު ކޮށްފައިވާ އިނާމުލިބޭ ދަރިވަރުންގެ ލިސްޓްގައިވާ ގޮތުން އިނާމު ދިނުމުގެ ޖަލްސާގައި ޖުމްލަ 111 ދަރިވަރުންނަށް އިނާމު ލިބެ އެވެ.

ސްކޫލުން ބުނީ މި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނޭކަމުގައެވެ،

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top