ބ.މާޅޮހު ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ ފާރިޢު

ފާރިޢު-696x377.jpg

ބ. މާޅޮހު ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާރިޢު އަފްރާހް ހޮވިއްޖެއެވެ.

ރޭ އެރަށު މަދައުސާގައި އޮތް މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެންމެ މޮޅު ދަރިވަރަކަށް ފާރިއު ހޮވުމުގެ އިނާމު އޭނާއަށް ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ލީގަލް އޮފިސަރ މުހައްމަދު ހަނީފުއެވެ.

ފާރިއުވަނީ ވޭތިވެ ދިޔަ 10 އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަހަރުގެ އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނިފައެވެ. މީގެ އިތުރުން އޯލެވެލް އިމްތިހާނުގައި އިނގިރޭސި ފިޔަވައި ހުރިހާ މާއްދާއަކުން އޭސްޓާރ ހޯދާ، އިނގިރޭސިން އޭ ފާސް ހޯދާފައެވެ.

ފާރިހުގެ ކާމިޔާބުގެ އެންމެ އުސްއަލިތަކުގެ ތެރޭގައި ކޮމާސްއިން މުޅި ރާއްޖެއިން އެއްވަނަ ، އަދި މުޅި ދުނިޔެ އިން ހަވަނައިގެ މަގާމު ހޯދާފައިވުމަކީ ފާރިއުގެ އިތުރުން މުޅި ގައުމަށް ވެސް އޭނާ ހޯދާދީފައިވާ ރީތި ނަމެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top