ފެރީޓިކެޓްގެ އަގު ބޮޑުކޮށް އެމްޓީސީސީ އިން ބ.އަތޮޅުފެރީއާ ހަވާލުވެއްޖެ

ferry.jpg

ފެރީ ޓިކެޓްގެ އަގު ބޮޑުކޮށް ބ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގެ މަދު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައިވެސް ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީ ހަވާލުވެފައިވާ އިރު ހުރިހާ އަތޮޅެއްގައިވެސް ފެރީގެ އަގު ވަނީ ބޮޑުކޮށްފައެވެ. އަދި މިކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ދެއެވެ.

މީގެކުރިން  ބ.އަތޮޅުގައި ފެރީދަތުރުތަކުގެ ޚިދުމަތް ދެމުން އައީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.  އޭރު ނަގަމުން އައީ ކުރުދަތުރަކަށް 20ރ. އަދި ދިގު ދަތުރަކަށް 25ރ. އެވެ.

އެމްޓީސީސީ އިން އަލަށް ހަދާފައިވާ ޓެރިފްގެ ދަށުން ޓިކެޓްގެ އަގު ބޮޑުވެގެންދަނީ ދަތުރުކުރާ ދިގުމިނަށް ބަލައިގެން އަގުނެގުމަށް ހަމަޖެހިފައިވާތީއެވެ. އެހެންކަމުން މިހާރު ދިގު ދަތުރަކަށް ނަގަނީ 30ރ.އެވެ. އަދި ކުރު ދަތުރަކަށް ނަގަނީ 25ރ. އެވެ. އެންމެ ދިގު ދަތުރަކަށް 55ރ.އެވެ.

އެހެންނަމަވެސް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް އެމްޓީސީސީ އާއި ހަވާލުކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މީގެ ކުރިން އޮތް ފެރީގެ ނިޒާމަކީ ރައްޔިތުންނަށް ބޮޑު ތަކްލީފެއް ކުރިމަތިވެފައިވާ ކަމެއްކަމުގައެވެ. މިނިސްޓަރގެ މިވާހަކައަކީ އަލަށް ހަވާލު ކުރެވުނު ކުންފުނިން ދަށް އަގެއްގައި މި ޚިދުމަތް ދޭނެކަމުގެ ފެހި ސިގްނަލެއްކަމުގައި ބެލެވުނެވެ.

އެމްޓީސީސީއިން ވިޔަފާރި އުސޫލުން ދެމުން ގެންދާ މި ޚިދުމަތުގެ އަގު ބޮޑުކޮށް މިހާރު ނެގުމަށް ހަމަޖެހިފައިވާ އަގުތަކަކީ

 

Page-1page-2

ހަމަ މިއާއެކު ދަތުރުކުރާ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

shedule

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top