ފެހެންދޫސްކޫލް ކުދިންގެ ޑިންގީދަތުރުތައް އެޑިއުކޭޝަނުން ފަށައިފި

l_1467524271396ZsN.jpg

ފެހެންދޫސްކޫލްކުދިން ގޮއިދޫއަށްކުރާ ދަތުރުގެ ތެރއިން. ފޮޓޯ؛ ސަން އޮންލައިން

އެންމެ 13ކުދިން ތިބި ފެހެންދޫގައި ސްކޫލެއް ހިންގުމުގެ ބަދަލުގައި ސަރުކާރުން ނިންމާފައިވަނީ އެ 13 ކުދިންނަށް ދަތުރު އެލަވަންސެއް ދީގެން އަވައްޓެރި ގޮއިދޫ ސްކޫލަށް ކިޔަވަންދާގޮތަށެވެ. 2008 އިން ފެށިގެން މިކަން ހިނގަމުން އަންނަނީ މިގޮތަށެވެ.  ގޮއިދޫއަށް ދިއުމާ އައުމުގެ ދަތުރުތައް އިންތިޒާމުކޮށް ހިންގަމުން ގެންދިޔައީ ފެހެންދޫ ކައުންސިލުގެ ފަރާތުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ޑިންގީއެއްގައި ދެމުން އައި މި ޚިދުމަތްހުއްޓާލީ މިއީ އެކުދިންނަށް އެހާ ރައްކާތެރި ގޮތަކަށް ނުވާތީއާއި ޑިންގީ ދަތުރުތަކުން ގެއްލުންވާތީ ކަމަށް ބުނެއެވެ.

ޚިދުމަތް ހުއްޓާލުމުން ބެލެނިވެރިންނާއި ދަރިވަރުން ކަންބޮޑުވެފައި ތިއްބާ މިނިސްޓްރީއޮފް އެޑިއުކޭޝަންގެ ފަރާތުން ޑިންގީ ދަތުރުތައް އަލުން ފަށައި ކުރިއެކޭވެސް އެއްގޮތަށް އެކުދިންނަށް  މިޚިދުމަތް ދޭން ފަށައިފިއެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ބައެއް މީޑިއާތަކަށް މިކަމުގެ މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި އެޑިއުކޭޝަން އިން މިކަން ކުރަނީ އެކުދިންނަށް ދޭ 1000ރ.ގެ އެލަވަންސްގެ ތެރެއިންނެވެ.

ޕްރިންސިޕަލް ނިޒާރު އިތުރަށް ވިދާޅުވީ މިކުދިން ސްކޫލަށް އައުމާ އިންޓަވަލް ގަޑީގައި ބެލެނިވެރިން އައުމުގެ އިތުރުން ސްކޫލް ނިމިގެން ކުދިން ރަށަށް ދިއުމުގެ ޚިދުމަތްވެސް އެޑިންގީން ލިބެމުން ދާނެކަމުގައެވެ.

ފެހެންދޫ ސްކޫލްގައި ކިޔަވައި ދިނުން ހުއްޓާލާފައިވަނީ 2008 ވަނަ އަހަރު އެންމެ 6 ކުދިން ނާއެކު ސްކޫލް ނުހިންގަންވެގެންނެވެ. އޭރު ސަރުކާރުން ހަމަޖެއްސެވީ އެ ސްކޫލު ބަންދުކޮށް ބ. އަތޮޅުގައި ތައުލީމް ހާސިލްކުރާ އެރަށުގެ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top