މާޅޮހުގެ ތާރީހީ މޮޅާއެކު، މިލަންދޫއަށް ހުއްޓުން އަރައިފި

19732151_1804193509597470_7108292320177521314_n.png

މިއަދު ކުޅުނު މެޗްގައި މާޅޮހު ކުޅުންތެރިއަކު އަތުން ބޯޅަ ހޯދުމަށް މިލަންދޫ 2 ކުޅުންތެރިން މަސައްކަތް ކުރަނީ / ފޮޓޯ: ކޭއޯ

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕް ފައިނަލް ރައުންޑްގައި މިއަދު ކުޅުދުއްފުށީގައި ކުޅުނު މެޗް ށ މިލަންދޫގެ މައްޗަށް އއ. މާޅޮހުން ކާމިޔާބުހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

ފުރަތަމަ ފަހަރަށް މިފެންވަރުގެ މުބާރާތެއްގައި ވާދަކުރާ މާޅޮސް މިއަދުގެ މެޗުން މޮޅުވީ 2-0 ންނެވެ. މިމުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި ށ. މިލަންދޫ ޓީމަށް މިއަދުގެ މެޗްގައި ފާހަގަކޮށްލެވޭ ފަދަ ތަފާތު ކުޅުމެއް ނުދެއްކުނެވެ. އެއާ ހިލާފަށް ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން މުބާރާތަށް އައި މާޅޮހުން މިލަންދޫ ގޯލް ހުޅުވާލީ ކެޕްޓަން އަހްމަދު މަޖީދު 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން ހިތްގައިމު ގޯލުންނެވެ. މާޅޮހުގެ ދެވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކުރީ އެޓީމްގެ އަހްމަދު އަމްޖަދެވެ.

މެޗަށްފަހު މިލަންދޫ ކޯޗް ފާޒިރު ބުނީ މެޗްގައި ހިތްހަމަޖެހޭ ކުޅުމެއްފެނުނު ކަމަށާ، ދިމާވި މައިގަނޑު މައްސަލައަކީ ލިބުނު ބޯޅަތައް ނިންމާލުމުގެ މައްސަލަކަމަށެވެ.

“ނިންމާލުން ރަނގަޅުވިނަމަ މޮޅުވީސް. ކުރިޔަށް އޮތީ ވަރަށް ވަރުގަދަ މެޗެއް އެކަމަކު އުއްމީދަކީ މެޗް ކާމިޔާބުކޮށް މުބާރާތުގައި ކުރިޔަށް ދިޔުން”

މާޅޮހުގެ ކޯޗް މުއާވިޔަތު ހުރީ ލިބުނު ތާރީހީ މޮޅަށްޓަކައި ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ ބުނީ މުބާރާތުގައި އެހެން ޓީމްތަކަށް ދުލެއް ނުދޭނެ ކަމަށެވެ.

“މިހާ ތަޖުރިބާ ކުޑަ ޒުވާން ޓީމަކާއެކު މިވަރު ކާމިޔާބެއް ލިބޭނެ ކަމަކަށް ކުރިން އުއްމީދެއް ނުކުރަން. އަނެއްކާ މިއީ މިފެންވަރުގައި ކުޅުނު ފުރަތަމަ މެޗް އަދި ފުރަތަމަ މޮޅު. މިފެންވަރުގެ މުބާރާތަކަށް މާޅޮހަކީ ވަރަށް އާ ޓީމެއް. އެހެންނަމަވެސް މުބާރާތުގައި ދޫދޭގޮތަކަށް ނޫން ޓީމް އޮތީ”

މި ގުރޫޕްގެ މެޗެއް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި މާޅޮހެވެ. ހޯމަދުވަހު ޗެންޕިއަން އޭދަފުށި ނިކުންނާނީ ށ.މިލަންދޫއާއި ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top