އަމިއްލަ އިންސްޓިޓިއުޓްއަކުން އޭދަފުށީގައި ޤާރީ ކޯހަކާއި އިމާމް ކޯސްތަކެއް ފަށަނީ

19601068_1347302278723739_2821976595588388166_n.jpg

1438ވަނަ އަހަރުގެ ރަމަޟާން މަހު އޮތް ގޯ ޕްލަސް އައިއެޗްކިޔު ރަންތަރި ހާސިލްކުރި އާލާ އާދިލުއަށް ތަށި ހަވާލު ކޮށްދެއްވަނީ- ފޮޓޯ : އައި އެޗްކިޔު ފޭސްބުކް ޕޭޖް

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާންގެ ފަރާތުން އޭދަފުށީގައި ގާރީ ކޯހަކާއި އިމާމުކަމުގެ ކޯސްތަކެއް މި މަހުގެ ފަހުކޮޅު ފަށާނެކަމަށް އެ އިންސްޓިޓިއުޓުން ބުނެފިއެވެ.

މިކަމާގުޅިގެން އެ އިންސްޓިޓިއުޓުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ޖުލައި 16 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1، 2 އަދި 3ގެ އިތުރުން އިމާމުކަމުގެ ސެޓްފިކެޓް ލެވެލް3ގެ ކޯހެކެވެ.

ބްލޮކް މޯޑުގައި ކިޔަވައިދޭ ގޮތަށް  ހަމަޖެހިފައިވާ މި ކޯސްތަކުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 9631111 ނަންބަރު ފޯނައި ގުޅައި ނަންނޯޓް ކުރުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top