ގޯލްޑަން ފުޓްސަލް ޗެލެންޖު: ފުރަތަމަ މެޗުން ހިތާދޫ އާއި އޭދަފުށި މޮޅުވެއްޖެ

l_153180862852ismR.jpg

ހިތާދޫ ޓީމް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ރޭ މާލޭގައި ފެށި ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތާދޫއާއި އޭދަފުށި މޮޅުވެއްޖެއެވެ. ހިތާދޫ މޮޅުވެފައިވަނީ ކުޑަަރިކިލާ ވާދަކޮށް 1-7ގެ ނަތީޖާ އާއެކުގައެވެ. އޭދަފުށި މޮޅުވެފައިވަނީ 3-2 އިން ތުޅާދޫ އާ ވާދަކޮށްގެންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުން ހިތާދޫ މޮޅުވިއިރު އެމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަލީ ހައިޝަމް އެވެ. އޭނާ ވަނީ މި މެޗުގައި 4 ލަނޑު ޖަހައިދީފައެވެ.

ދެވަނަ މެޗުގައި އޭދަފުއްޓާއި ތުޅާދޫ ވާދަކުރި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އަޝްރަފް އެވެ.

މިމެޗުތައް ކުރިއަށް ދަނީ މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައެވެ.

ބ. އަތޮޅުގެ މެޗުތަކުގެ އިތުރުން ރޭ ވަނީ ށ، ނ، އަދި ކ އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ 18 އަތޮޅަކުން ޖުމްލަ 55 ޓީމް ބައިވެރިވެފައިވެއެވެ. އެއް އަތޮޅަކުން އެންމެ ގިނަ ޓީމް ބައިވެރިވެފައިވަނީ ހދ އަތޮޅުންނެވެ. މި މުބާރާތުގައި އެ އަތޮޅުގެ 7 ރަށަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ވާދަ ނުކުރާ ހަމައެކަނި ދެ އަތޮޅަކީ ވ އަތޮޅާއި ފުވައްމުލަކެވެ.

 

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top