ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސްކޮށްފި

FL09MALDIVES3_2253050g.jpg

އިންތިޚާބުކުރެވޭ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު މިއަދުގެ ޖަލްސާ އިން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅުއްވި މި އިސްލާހު ފާސްވީ 38 މެންބަރުންގެ ތާއީދާއި އެކު އެވެ. އިސްލާހާއި ދެކޮޅަށް 23 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރު ތިއްބެވިއެވެ.

ސައުދު ހުށަހެޅުއްވި އިސްލާހުގައިވަނީ އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިޚާބު ކުރާއިރު، ދެ އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިޚާބުކުރާނީ ކޮންމެ އިންތިޚާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމުގައެވެ.  އަދި ދެ އިންތިޚާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން ކައުންސިލަރުން ކަމުގައެވެ.

މީގެ އިތުރުން 3000 މީހުންނަށްވުރެ އާބާދީ ކުޑަރަށްރަށުގައި ތިން ކައުންސިލަރުން އިންތިޚާބުކުރުމަށާއި 3000 އަށްވުރެ ބޮޑު އާބާދީއެއް ނަމަ އިންތިޚާބު ކުރާނީ ފަސް ކައުންސިލަރުން ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެ އިސްލާހާއި އެކު ކައުންސިލް އިންތިޚާބުގެ ގާނޫނުގެ ދެ މާއްދާއެއް އުވާލުމަށް ވެސް ސައުދު ވަނީ ހުށަހަޅުއްވާފައެވެ. އެއީ 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހޚާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުނިކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top