ޕްރޭމްރަތަންދަންޕާއޯ އަކީ ފެމިލީއާއެކު ބަލާލަން ރީތިފިލްމެއް: ސަލްމާންޚާން

salman-sonam-jalte-diye-759ހިންދީ ފިލްމީ ދުނިޔޭގެސުޕަރސްޓާރ ސަލްމާންޚާންގެ އާފިލްމް “ޕްރޭމް ރަތަންދަން ޕާއޯ” އެމީހުންގެ ދީވާލީގައި (ނޮވެމްބަރ12) ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމާމެދު ސަލްމާންހުރީ ވަރަށްބޮޑު އިތުބާރަކާ ޔަގީންކަމެއްގައެވެ.

އޭނާ ބުނީ މިފިލްމް ބޮޑު ކާމިޔާބެއް ހޯދާނީ ހަމައެކަނި ބޮކްސްއޮފީހުގައި ނޫންކަމާއި އޭގެ އިތުރުން ހަމަކޮންމެ މީހަކުވެސް އާއިލާއާއެކު މިފިލްމް ބަލައިލުމަށް ބޭނުންވާނެކަމުގައެވެ. އަދި ފިލްމްބަލަމުންދާއިރު އިހްސާސްކުރެވޭނީ އާއިލާ އާއެކު ޕިކްނިކަކަށް ގޮސްއުޅޭއިރު ކުރެވޭފަދަ އުފާވެރި އަދި ތަފާތު އިހްސާސްތަކެއްކަމަށްވެސް ނޫސްވެރިންނަށް ފިލްމާ ބެހޭމައުލޫމާތު ދެމުން ބުނެފައި ވެއެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައިވާ ސޫރަޖް ބަރަޖަތުޔާއަކީ ސަލްމާންޚާންގެ އެންމެ ރީތި ތިންފިލްމްކަމުގައިވާ މައިނޭޕިޔާރްކިޔާ އާއި އަޕްއާޕްކޭހޭކޯން އަދި ހަމްސާތުސާތުހޭގެ ޑައިރެކްޓަރކަމުން ފިލްމްގައި ސަލްމާންޚާންގެ ފެނިގެންދާނީ އެތިން ފިލްމްގައިވެސް ފެނިގެން ދިޔަ ކަހަލަ މޮޅު ކެރެކްޓަރެއްގެ ގޮތުގައެވެ.

ސޫރަޖްގެ ފިލްމްތަކަކީވަރަށް ކްލީން އަދި އާއިލާއާއެކު ބަލާލަން ހިތްގައިމު ފިލްމްތަކަކަށް ވެފައިވާ ފަދައިން މި ފިލްމްވެސް ހިމެނިގެންދާނީ އެގިންތީގައި ކަމަށް ފިލްމްގެ ޓްރޭލަރބެލި މީހުން ބުނެފައިވެއެވެ.

ޕްރޭމްރަތަންދަންޕާއޯގައި ސަލްމާނާއެކު އުޅެނީ ސޯނަމްކަޕޫރެވެ. އިތުރު ތަރިންގެ ތެރޭގައި ނޭލް ނިޓިންމުކޭޝް އާއި އަނޫޕަމްކޭރް އަދި ސްވަރާ ބާސްކަރު ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top