ރޭ އޭދަފުށީގައި ދެހާދިސާ

ބ.އަތޮޅު ހޮސްޕިޓަލް

ބ.އަތޮޅު ހޮސްޕިޓަލް

ފުރަތަމަ ހާދިސާއަކީ ބާބަކިއުހަދަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއްހިނގައިގެން އުމުރުން 19އަހަރުގެ އޭދަފުށީ ދެކުނުގޭ އަލީމަފާޒްގެ މޫނުން ބައެއްފިހުމެވެ.

މި ހާދިސާ ހިނގާފައިވަނީ ބާބަކިއުހަދަން އުނދުނަށް ޕެޓްރޯލްކޮޅެއް އަޅައިގެން އަލިފާން ރޯކުރަންއުޅުމުގެ ތެރޭގައި ހުޅުގަނޑު ބޮޑުވެގެންއައިސް މޫނުމަތީގައި ރޯވުމެވެ.

ބ. އަތޮޅުހޮސްޕިޓަލުން ބުނީ މި ހާދިސާގައި މަފާޒްގެ މޫނުން ބައެއްފިހުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދާކަމުގައާއި އޭނާގެ ހާލު ސީރިއަސް ނޫންކަމުގައެވެ.

ދެވަނަ ހާދިސާއަކީ އުމުރުން ފަސްއަހަރުގެ ކުއްޖަކު އެނދުން ވެއްޓި އަތްބިއްދައިގެން ދިއުމެވެ. މި ކުއްޖާއަށް އިތުރު ފަރުވާދިނުމަށް މިހާރުވަނީ މާލެ ފޮނުވާލެވިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top