ދިރާސީ އާ އަހަރު ދެން ފަށާނީ ކޮންމެ އަހަރެއްގެ އޮގަސްޓުމަހު

DSCN9866-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --އީވީ ފައިލް ފޮޓޯ

ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނެސް އެކަން އިއުލާންކޮށްފި އެވެ.

މީގެ ކުރިން ދިރާސީ އަހަރު ފަށަނީ ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އައި ބަދަލާ އެކު އެކަން ބަދަލުވީ ކަމަށް އެޑިއކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.

އެކެޑެމިކް ކަލަންޑަރާ ގުޅުންހުރި މައުލޫމާތުތައް ހިއްސާ ކުރަން މިއަދު ރައީސް އޮފީހުގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ބަދަލާއި އެކީ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނު ދެން އޮންނާނީ މޭ / ޖޫން ގައި ކަމަށެވެ.

ކުރިން އޮކްޓޯބަރު/ ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު އޮންނާތީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް އެ ދެމެދުގައި ގާތްގަނޑަކަށް ހައެއްކަ މަސް ހޭދަ ކުރަން ޖެހެ އެވެ. މިހާރު އޮތްގޮތުން އެ ދެމެދުގައި ދިގު މުއްދަތެއް ހޭދަކުރަން ނުޖެހޭނެ ކަމަށް އައިޝަތު އަލީ ވިދާޅުވެ އެވެ.

އެކަމަނާ ވިދާޅުވީ އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އަދި އެއީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކެޑެމިކް ކަލަންޑަރަށް މި ބަދަލުތައް ގެނައީ އޭގެ އަސަރު ކުރާނެ ފަރާތަކާއި ވާހަކަ ދެއްކެވުމަށްފަހުގައި ކަމަށާއި، މިކަމާއި ގުޅިގެން ސާވޭއަކާއި ދިރާސާއެއް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކެޑެމިކް ކަލަންޑަރާއި އެކީ އެކްޓިވިޓީ ކަލަންޑަރު ވެސް ބަދަލުވާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top