މާލެ ސަރަހައްދު، ބުރިޖު ތަކުންފުރާލަނީ. ގިނަ ރަށްރަށަށް އަދިވެސް އޮތީ ނަޖިސްފެން ބޮލަށް އާޅާލަ އަޅާލަ ތިބުން: އެމްޕީ އަލީ

1527059883-800x533-800x533.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން.

މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ގިނަރަށްރަށުގެ މީހުންނަށް އަދިވެސް މަޖުބޫރުވެފައި އޮތީ ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ނަޖިިިިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެެވެ.

އެމްޕީ އަލީ މިހެން ވިދާޅުވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އަލީގެ ޓްވީޓުގައި ރަށްރަށަށް އަރައި ފޭބުމުގެ ދަތިކަމާބެހޭ ގޮތުންވެސް އަލި އަޅުއްވާލައްވާފައި ވެއެވެ. ވިދާޅުވީ ރަށްރަށަށް އަރާފޭބުމުގެ ކަންތައްވެސް އަދިވެސް އެހާ ދަތިކަމަށެެވެ.

އެމްޕީ އަލީ މިގޮތަށް ޚިޔާލު ފާޅުކޮށްފައިވާއިރު،  މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ފެށޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

7.6 ބިލިއަން ރުފިޔާ (448 މިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ ލޯނާއި އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އުސޫލުން ދޫކުރާ ފައިސާއެވެ. ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާއެވެ.

ކުރީ ސަރުކާރުން ވެސް ވަނީ މާލެ-ހުޅުލެ-ހުޅުމާލެ ދެމެދު ބްރިޖެއް ހަދައިފައެވެ. ސިނަމާލެ ބްރިޖު އެޅުމުގެ މަޝްރޫއަށް 198 މިލިއަން ޑޮލަރު ހޭދަވިކަމަށް ހިސާބުތަކުން ފެންނަން ހުރިއިރު، އެ ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ އިން ކުރި މަސައްކަތުގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ލޯނެވެ. މި މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

މެމްބަރު އަލީ ފާހަގަ ކުރެވެނީ އަބަދުވެސް އަތޮޅުތެރޭގެ ތަރައްގީއަށާއި މާލެއާއި އަތޮޅުތެރޭގެ ތަފާތުކުރާ ސިޔާސަތުތަކަށް މަޖިލީހުގައާއި ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ވަކާލާތު ކުރައްވާ އެމްޕީއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top