އަނޫރާގަށް ފަހު ޕްރޭނާވެސް ކަސޯޓީ ދޫކޮށްލަނީ!

kasautii-zindagii-kay-when-erica-fernandes-dances-with-parth-samthaan-on-screen-2.jpg

ސްޓާރ ޕްލަސް އިން ދައްކަމުން ގެންދާ ކަސޯޓީ ޒިންދަގީކޭ ގައި އަނޫރާގް ގެ ބައި އަދާ ކުރަމުން ގެންދާ  ޕާތު ސަމްތާން ޑްރާމާ ދޫކޮށްލަން މިދިޔަ ހަފްތާގައި ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕާތު މި ރޯލު ދޫކޮށްލަން ބޭނުން ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުންނާއި އިތުރު އެހެން ކަންކަމަށް ވަގުތު ދޭން ބޭނުންވާތީކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާގެ އެ ނިންމުން ބަދަލު ކުރޭތޯ ކަސޯޓީ ޓީމުން މަސައްކަތް ކުރި ނަމަވެސް އެނިންމުން އޭނާ ބަދަލު ކޮށްފައެއް ނުވެއެވެ.

އެހެންކަމުން އޭނާ ދެން ކަސޯޓީ ކުޅޭނީ އަންނަ މަހު 10 ވަނަ ދުވަހާ ހަމައަށެވެ.

މި ޑްރާމާއާ ބެހޭ ގޮތުން އެންމެ ފަހުން އާއްމު ވެފައިވާ ޚަބަރަކީ އަނޫރާގްއަށް ފަހު ޕްރޭނާ ވެސް ކަސޯޓީ ދޫކޮށްލަން ނިންމާފައިވާ ކަމުގެ ޚަބަރެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރޭނާ ގެ ބައި އަދާކުރާ އެރިކާ ފެނާންޑޭޒް މި ޝޯ ދޫކޮށްލަން ނިންމާފައިވަނީ އާއިލީ ސަބަބުތތަކާ ހުރެއެވެ. އެރިކާގެ މަންމައަކީ ޓީބީގެ ހިސްޓްރީ އޮތް މީހަކަށްވެފައި ބައްޕަ އަކީ 4ފަހަރު ހާޓް އެޓެކް ޖެހިފައިވާ މީހަކަށް ވެފައި ބަލި މީހަކަށް ވާތީ އާއިލާއަށް ވަގުތު ދިނުމަށްޝޯ ދޫކޮށްލަނީ ކަމަށް އެރިކާ ބުނެއެވެ.

މީގެ ކުރިން ވެސް “ކަސޯޓީ” އިން ވަނީ ދެ ތަރިއަކު ވަކިވެފައެވެ. އެއީ ކޮމޮލިކާގެ ރޯލް ކުޅުނު ހީނާ ޚާނާއި ބަޖާޖްގެ ރޯލް ކުޅުނު ކަރަން ސިންގް ގްރޯވާ އެވެ.

މިހާރު ކޮމޮލިކާގެ ރޯލް ކުޅެނީ އާމްނާ ޝަރީފް (ކަޝިޝް) އެވެ. ބަޖާޖްގެ ރޯލް ކުޅެނީ ކަރަން ޕަޓޭލެވެ.

ޕާތު އާއި އެރިކާ “ކަސޯޓީ” ވަކިވާން ނިންމި ކަން މީޑިއާތަކުން ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން ޝޯގެ ޕްރޮޑިއުސަރު، އެކްތާ އަދި މިކަމާބެހެ ގޮތުން ރަސްމީ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top