ގޮއިދޫއާއެކު ފުޅަދޫވެސް ސެމީއަށް

DSC_0813mALosq-fuLadU.jpg

ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގައި މިއަދު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރި ގޮއިދޫ – ފުޅަދޫގެ މެޗުން 2-3 ން ފުޅަދޫ ބަލިވި ނަމަވެސް އެގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ފުޅަދޫ ސެމީއަށް ހިގައްޖެއެވެ.

ފުޅަދޫ ސެމީ ފައިނަލުންޖާގަ ހޯދީ 4 ޕޮއިންޓާއެކު ފައިދާ ތިން ގޯލުންނެވެ.

މިމެޗުގެ ކުޅުމަށް ބަލާއިރު ފުރަތަމަ ހާފުގައި ކޮންމެ ޓީމަކުންވެސް ވަނީ ލަނޑެއް ޖަހާފައެވެ. ފަހު ހާފުގެ ފަހުކޮޅު އަނެއްކާވެސް އިތުރު ލަނޑެއް ޖަހައިގެން ގޮއިދޫ ޓީމު ކުރިހޯދިއެވެ. އަދި މެޗު ނިމެން ހައެއްކަ މިނިޓަށް ވެފައި ވަނިކޮށް އިތުރު ލަނޑެއް ގޮއިދޫން ޖަހައި ނަތީޖާ 3 އަށް ބަދަލުކުރިއެވެ. . އެހެންނަމަވެސ މެޗުގެ 87 ވަނަ މިނިޓްގައި ފުޅަދޫވެސް އިތުރު ލަނޑެއް ޖެހިއެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރި މާޅޮސް- ކިހާދޫގެ މެޗު 2-1ން މޮޅުވެފައިވަނީ ކިހާދޫ ޓީމެވެ.

މާދަމާކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކުޑަރިކިލާ އޭދަފުޢްޓެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފެހެންދޫއާއި ދަރަވަންދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top