ޗެންނާއިއަށް އެހީވުމަށް ޝާހްރުކްޚާންގެ ފަހަތުން ރިތިކް

hrithik_660_071013030729.jpg

ރިތިކް ރޯޝަން

ޗެންނާއިއަށް ވޭތުވެދިޔަ300 އަހަރުވެސް ނުކުރާވަރަށް ވިއްސާރަކުރުމާއި ގުޅިގެން ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް އެހީވުމުގެ ގޮތުން ބޮލީވުޑްގެ ތަރިންވެސް މިކަމުގައި ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ޝާހްރުކްޚާންވަނީ ޗެންނާއީ އަށް އެހީވުމަށް ހުޅުވާފައިވާ ޗެންނާއީރިލީފް ފަންޑަށް 1ކުރޯޑު ރުޕީސް ހަދިޔާ ކޮށްފައެވެ. އޭގެފަހުން ރިތިކްރޯޝަން ވަނީ މިފަންޑަށް 25 ލައްކަރުޕީސް ހަދިޔާ ކޮށްފައިވާކަމަށް އިންޑިއާ ޓުޑޭއިން ބުނެއެވެ.

ޗެންނާއީއަށް ދިމާވީ ގުދުރަތީ މިކާރިސާގައި ލިބުނު ބޮޑެތި ގެއްލުންތަކުގެ ތެރޭގައި 300އަށްވުރެ ގިނަ މީހުންގެ ފުރާނަގެއްލި އެތައް އާއިލާތަކެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އޭގެއިތުރުން ދަނޑުފަގުތަކާއި އެތައްހާސް ޖަނަވާރެއް މަރުވެފައިވެއެވެ.

މި ކާރިސާއިން އަރައިގަތުމަށް އެތައް މިލިއަން ފައިސާއެއް ބޭނުންވެފައިވާއިރުތަމަޅަ ފިލްމީ ސްޓާރުންވެސް ދަނީ ފައިސާ ހޯދުމަށް ކެމްޕޭން ކުރުމުގެ ގޮތުން ވަރަށް ބުރަ މަސައްކަތަތަކެއް ކުރަމުންނެވެ. މި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވަނީ ތަމަޅަ ސުޕަރސްޓާރ ރަޖްނީ ކާންތެވެ. އޭނާ ވަނީ 10 ކުރޯޑު ރުޕީސް މި ފަންޑަށް ހަދިޔާ ކޮށްފައެވެ. މި ތަރިންގެ މަސައްކަތް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ކާނާއާއި ބޭސް ހޯދުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top