ޒޯން 3ގެ ދެވަނަމެޗުން ދުވާފަރު މޮޅުވެއްޖެ

dhuvafaru.jpg

ދުވާފަރު ޓީމް.

މިނިވަން 50 ޗެމްޕިއަންޝިޕް ޒޯން 3 ގައި މިއަދު ކުޅެވުނީ ދުވާފަރާއި ހިންނަވަރުގެ މެޗެވެ.

މިއަދު ހަވީރު ހިންނަވަރުގައި ކުޅެވުނު މި މެޗުން 0-4 ގެ ބޮޑު ތަފާތުން މެޗު ކާމިޔާބުކޮށްފައިވަނީ ދުވާފަރު ޓީމެވެ.

ޒޯން3 ގައި މިހާތަނަށް ކުޅެފައިވާ 2 މެޗަށް ބަލާއިރު ދުވާފަރާއި އޭދަފުށްޓަށް ވެސް 3 ޕޮއިންޓްލިބިފައިވެއެވެ. އެހެންނަމަވެސް ލަނޑުގެ ތަފާތުން އެއްވަނައިގާ އުޅެނީ އޭދަފުށްޓެވެ. ހިންނަވަރު ޓީމު ކުޅުނު 2މެޗުންވެސް ވަނީ ބަލިވެފައެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. ހިންނަވަރުގައި ކުޅެން ނިންމާފައިވާ މި މެޗުގައި ބައްދަލު ކުރާނީ އޭދަފުއްޓާ ހިންނަވަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top